ހައްޖުގެ މަތިވެރި އަޅުކަމަށް މައްކާއާއި މަދީނާއަށް ޖަމާވާ އެތައް މިލިއަން މުސްލިމުންނަށް ސިއްހީ ހިދުމަތްތައް އަވަހަށް ފޯރު ކޮށްދިނުމަށްޓަކައި، މިއަހަރުގެ ހައްޖު މޫސުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަން ސައޫދީ އަރަބިއްޔާއިން ވަނީ ނިންމާފަ އެވެ.
އެގޮތުން، ހައްޖާޖީން ގިނަ އަދަދަކަށް ޖަމާވާ މުގައްދަސް ބިންތަކުގައި ކުއްލި ހާލަތްތަކުގައި ބޭހާއި ސިއްހީ ސާމާނު ފޯރު ކޮށްދިނުމަށް "ޑްރޯން" ބޭނުން ކުރަން ފެށުމަކީ މިއަހަރު ތައާރަފުކުރާ އެންމެ ޒަމާނީ އެއް ހިދުމަތެވެ.
ސައޫދީގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސައޫދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން މި ހިދުމަތް ފެށުމަށް ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.
1. ތޮއްޖެހުމަށް އޮތް ހައްލެއް
ޙައްޖުގެ ދުވަސްވަރު މިނާ، މުޒްދަލިފާ އަދި ޢަރަފާތް ބިމުގައި އެއްފަހަރާ އެތައް މިލިއަން މީހުން އުޅުމުގެ ސަބަބުން މަގުތައް ބާރުބޮޑުވެ، އެމްބިއުލާންސްތަކަށާއި ސިއްހީ އެހީތެރިންނަށް އެއް ތަނުން އަނެއް ތަނަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އެވެ. ވައިގެ މަގުން ދަތުރުކުރާ މި ޑްރޯންތަކުގެ ސަބަބުން، މަގުމަތީގެ ޓްރެފިކަށް ބެލުމެއް ނެތި، ބޭނުންވާ މުހިއްމު ބޭސްތައް ކުޑަ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސީދާ ބޭނުންޖެހިފައިވާ ސަރަހައްދަށް ފޯރު ކޮށްދެވޭނެ އެވެ.
2. ލޭގެ ގްރޫޕްތަކާއި ކުއްލި ބޭސްތައް އުފުލުން
މި ޑްރޯންތައް ޚާއްޞަކޮށްފައިވަނީ ކުއްލި ހާލަތްތަކުގައި ބޭނުންވާނެ މުހިއްމު ސާމާނު އުފުލުމަށެވެ. މީގެ ތެރޭގައި
- ލޭގެ ޕްލާޒްމާ އާއި ލޭގެ ގްރޫޕްތައްހިތުގެ ބަލިތަކަށް ދޭ ކުއްލި ބޭސްތައް
- އިންސިއުލިން އަދި އެހެނިހެން ކޮންމެހެން ބޭނުންވާ މެޑިކަލް ސާމާނު
މި ތަކެއްޗަކީ ވަކި ފިނި ހޫނުމިނެއްގައި ބަހައްޓަންޖެހޭ އެއްޗެހި ކަމުން، ޑްރޯން ތަކުގައި ވަނީ ފިނި ހޫނުމިން ހިފަހައްޓައިދޭ ހާއްސަ މެޑިކަލް ބޮކްސްތައް ހަރުކޮށްފަ އެވެ.
3. އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ރައްކާތެރިކަން
ސައޫދީ ސަރުކާރުން ބޭނުންކުރާ މި ޑްރޯންތަކަކީ އަމިއްލައަށް ދަތުރު ކުރުމުގެ ގާބިލުކަންލިބިގެންވާ އަދި އެންމެ ފަހުގެ ޖީ.ޕީ.އެސް ) ޓެކްނޮލޮޖީ ބޭނުންކުރާ އެއްޗެހި ތަކެކެވެ. މިއީ މީހުން ގިނަ ސަރަހައްދުތަކުގެ މަތިން އުދުހޭއިރު، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ޓެސްޓު ކުރެވިފައިވާ ވަސީލަތްތަ ކެކެވެ.
ސައުދީ އަރަބިއްޔާއިން ދަނީ "ވިޒަން 2030"ގެ ދަށުން ހައްޖާއި އުމްރާގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޒަމާނީ ކުރަމުންނެވެ. މިއަހަރުގެ ހައްޖުގައި ޑްރޯން މެދުވެރިކޮށް ބޭސް ފޯރު ކޮށްދޭން ފަށާ މި މަޝްރޫއަކީ، ހައްޖާޖީންގެ ސިއްހަތު ކަށަވަރުކޮށް ބައެއް ހާލަތް ތަކުގައި ފުރާނަ ސަލާމަތް ކުރަން އަޅާ މުހިއްމު އަދި ބޭނުންތެރި މަޝްރޫއު އެކެވެ.
ހޮލީވުޑް އެކްޓަރުންގެ "ނޯ މޭކަޕް ލުކް" ވަރަށް ތަފާތު!
ލިމިޓެއްނެތް ފައިބާ ޕެކޭޖްތަކާއެކު ހޯމްކޮންޓެންޓް ތަކަފުލް ހިލޭ
ސްކޫބާ ޑައިވިންގެ ތާރީހުގެ ތެރެއަށް ރާއްޖެ!