މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ 50 މެގަވޯޓްގެ އިންޖީނު ގޭގެ އަޕްގްރޭޑަށް ފަހު، ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ، މިއަދު 12:00 ހާއިރެވެ. ނަމަވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބުނީ 2:10 ހާއިރެވެ.
މި ކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ސްޓެލްކޯއިން ބުނީ މި ސަރަހައްދުން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ އިންޖީނު ގޭގެ އަޕްގްރޭޑަށް ފަހު ދިމާވި މައްސަލައަކާ ގުޅިގެން ޖަނަރޭޓަރުތައް ހުއްޓުމުން ކަމަށެވެ.
ސްޓެލްކޯއިން ރޭ ވަނީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަޕްގްރޭޑިން މަސައްކަތް ކޮށްފަ އެވެ. އެ މަސައްކަތް ކުރީ ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ކަމަށް އެކުންފުނިން ބުނެ އެވެ. ނަމަވެސް މިއަދު ކުއްލިއަކަށް ކަރަންޓު ކެނޑިފައިވާތީ، އެ ކުންފުންޏަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
މީގެ ކުރިން މިދިޔަ އަހަރު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ގޮސްފައިވެ އެވެ. އެ ފަހަރު އެ މައްސަލަ ތަހުގީގުކުރަން ވެސް ރައީސް މުހައްމަދު މުއިއްޒު އެންގެވި އެވެ. އެކަމަކު، އެ ކަމުގެ އަދާހަމައެއް ފަހުން ނުލިބެ އެވެ.
ރޭގެ މުޒާހަރާއިން ބަންދުކުރި ސިޔާސީ ހައްޔަރީން ދޫކޮށްލައިފި
ހަރަމްފުޅުގެ ހޫނުމިން 24 ޑިގްރީއަށްވުރެ ދަށެއް ނުވޭ!
ޕާކިސްތާނުގެ މިލިޓަރީ ޗީފް އީރާނަށް ވަޑައިގެންފި