އީދުގެ އުފާ ފާޅުކުރާ އިރު، އިސްލާމީ ސަގާފަތާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް މިއަދުގެ އީދުގެ ޚުތުބާގައި ގޮވާލައްވައިފި އެވެ.
މިއަހަރުގެ އަޟްހާ އީދުގެ ޚުތުބާގެ މައުލޫ އަކީ އީދުގެ އަދަބުތަކެވެ. މިފަހަރުގެ އީދު ޚުތުބާގައި އީދު ދުވަހުގެ މާތް ކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައި މުސްލިމުންނަށް މާތްﷲ މި ދުވަހު ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެއްކަން ހަނދުމަ ކޮށްދީފަ އެވެ. އަދި އިބްރާހީމް އަލައިހި ސަލާމް މާތްﷲ ކުއްތަންވެވަޑައިގަތުމާއި އުޟުހިޔާ ކަތިލުން އިސްލާމީ ޝަރީއަތުގައި ލައްވާފައިވާ ސަބަބު ހާމަކޮށްދެއްވި އެވެ.
އީދު ދުވަހަކީ މުޅި އަހަރު ތެރޭގައި ވެސް އަންނާނެ އެންމެ މާތް ދުވަސް ކަމަށް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ރަސޫލާގެ ހަދީސްފުޅުން މިކަމުގެ ދަލީލް ދައްކަވާ އީދު ފާހަގަކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން ވަނީ ހަނދުމަ ކޮށްދެއްވާފަ އެވެ. އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއްކަން ހަނދުމަކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ އީދު ފާހަގަކުރުމުގެ ނަމުގައި ނޭދެވޭ އަމަލުތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ.
އީދުގެ ކުޅިވަރުތަކުގެ ތެރެއިން މީހުންނަށް ފުރައްސާރަކޮށް މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަން ވަނީ ޚުތުބާގައި ފާހަގަކުރައްވާފަ އެވެ.
"އަދި އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތްﷲ އަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ! އީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ،" އީދު ޚުތުބާގައި ވިދާޅުވި އެވެ.
މި ދުވަހުގެ އުފަލުގައި މުސްލިމު ހުރިހާ އަޚުންނާއި އުޚުތުން ބައިވެރިކުރުމަށް ޚުތުބާގައި ގޮވާލައްވާފައިވެ އެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އީދުގެ އުފަލުގައި ބައިވެރި ނުވެވި ނިކަމެތި ހާލުގަ އާއި ނަސްލު ނައްތައިލުމުގެ ބިރުވެރި ގަތުލުއާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ތިބިކަން ހަނދުމަކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. މިއަދު އީދު ފާހަގަކުރާއިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުއާކޮށްދިނުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ޢީދުގެ ޖަމާއަތަށް އެއްވެ ތިބި ފަރާތްތަކާއި މައްކާގައި ހައްޖުގެ މާތް އަޅުކަން ފުރިހަމަކުރުމަށް ތިބި މުސްލިމުން ޖަމައަތްތަކުގެ މަތިން ހަނދުމަކޮށް، މާތްﷲގެ ދަރުބާރަށް މީސްތަކުން ގިޔާމަތް ދުވަހު އެއްކުރައްވާނެކަން ހަނދުމަކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. އަދި ޖަމާޢަތުން ފައިބާއިރު އެކަކު އަނެކަކަށް މައާފުކޮށް ހިތްތައް ސާފުކުރުމަށް ވަނީ ގޮވާލާފަ އެވެ.
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި
އަރަފާތު ދުވަހު ވަސިއްޔަތް ކުރީ އެއްބައިވަންތަކަމަށް