އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ސްރީ ލަންކާއަށް 695 މިލިއަން ޑޮލަރު ދޫކޮށްފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ތޫފާނުގެ ސަބަބުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ސްރީ ލަންކާގެ އިގްތިސޯދީ އިސްލާހީ އެޖެންޑާ ކާމިޔާބުކަމާއެކު ކުރިއަށްދާކަން އެ ގައުމުން ވަނީ ސާބިތުކޮށްދީފަ އެވެ. ލަންކާގެ މި ހަރުދަނާ "ޕާފޯމަންސް" ބަލައިގަނެ، އައިއެމްއެފް އިން ވަނީ އެ ގައުމަށް އިތުރު 695 މިލިއަން ޑޮލަރުގެ މާލީ އެހީ ދޫކުރުމަށް ނިންމާފަ އެވެ.
މި ފައިސާ ދޫކުރަން ނިންމީ އައިއެމްއެފް ޕްރޮގްރާމްގެ 5 ވަނަ އަދި 6 ވަނަ ރިވިއު ފުރިހަމަކުރުމަށް ފަހު، މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގަ އެވެ. މިއާއެކު އިގްތިސޯދީ އަނދަވަޅުން ސަލާމަތްވުމަށް ލަންކާއިން ކުރާ މަސައްކަތަށް އައިއެމްއެފުން މިހާތަނަށް ދިން މާލީ އެހީގެ ޖުމްލަ ވަނީ 2.4 ބިލިއަން ޑޮލަރަށް އަރާފަ އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ލަންކާއިން ވަނީ އައިއެމްއެފުން ކަނޑައަޅާފައިވާ އިގްތިސޯދީ އަދި މާލީ ހުރިހާ ލަނޑުދަނޑިތަކެއް ފުރިހަމަކޮށްފަ އެވެ.
މިދިޔަ އަހަރު ލަންކާގެ އިގްތިސޯދު 5 އިންސައްތައިގެ ބާރުމިނެއްގައި ކުރިއަށް ދިޔައިރު، މި އަހަރުވެސް އެ ގައުމުގެ އިގްތިސާދު 3 އިންސައްތައިގެ ގެ ރޭޓުން ކުރިއަރާނެ ކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފަ އެވެ. އައިއެމްއެފުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބައިނަލްއަގުވާމީ އަދި އެތެރޭގެ ބޮޑެތި ހުރަސްތަކެއް ހުރި ނަމަވެސް، ލަންކާގެ މާލީ ނިޒާމު ހަމަޔަކަށް އެޅުވުމަށް އެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށެވެ.
އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލައިފި
ދިރާގަށް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026ގެ ޓެލްކޯ އޮފް ދަ އިޔާ
މީކާއިލް ރައީސް ސޯލިހާއެކު ރާއްޖޭގެ ހުރިހާ ސިޓީތަކަށް