ލުބުނާނަށް ދޭ ކޮންމެ ހަމަލާއަކީ މުޅި ސަރަހައްދުގައި ފުޅާދާއިރާއެއްގައި ހަނގުރާމަ އަލުން ފެށުމަށް މަގުފަހިވާނެ ކަމެއް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އިންޒާރު ދެއްވައިފި އެވެ.
އިޒްރޭލުން ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ކެމްޕޭން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ބުދަ ދުވަހު އީރާނުގެ ހާރިޖީ ވަޒީރު ވިދާޅުވީ، ބައިރޫތަށް އިޒްރޭލުން ދޭ ކޮންމެ ހަމަލާއެއްގެ ނަތީޖާއަކަށް ވާނީ މެދުއިރުމަތީގެ ހަނގުރާމަ އޭގެ އެންމެ ފުޅާ މިނުގައި އަލުން ފެށިގެން ދިއުން ކަމަށެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ކުރެވޭ ކޮންމެ އެއްބަސްވުމެއްގައި ވެސް ލުބުނާނުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުން ހިމަނަންޖެހޭނެ ކަމަށެވެ.
ލުބުނާނުގެ އަލްމަޔާދީން ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަރަގްޗީ ވިދާޅުވީ، އީރާނާއި އިޒްރޭލް އަދި އެމެރިކާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާއި، ލުބުނާނުގައި ކުރިއަށްދާ ހަނގުރާމައަކީ އެކަތި އަނެކައްޗާ ވަކިނުކުރެވޭނެ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ފްރަންޓް ކަމަށެވެ.
"ބައިރޫތަށް ދޭ ކޮންމެ ހަމަލާއަކުން ނުރައްކާތެރި ނަތީޖާތަކެއް ނުކުންނާނެ. އަދި އެއީ މުޅި ސަރަހައްދުގައި ފުޅާދާއިރާއެއްގައި ހަނގުރާމަ އަލުން ފެށުމަށް މެދުވެރިވާނެ ސަބަބެއް،" އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އިޒްރޭލުން ބައިރޫތަށް ހަމަލާދީފިނަމަ، އީރާނުގެ ހަތިޔާރު އެޅި ފައުޖުތައް އިޒްރޭލަށް ހަމަލާދިނުމަށް ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ލުބުނާނުގެ ހަނގުރާމަ ނިމުމަކަށް އަންނަންވާނީ އެ ގައުމުގައި ތިބި އިޒްރޭލުގެ ސިފައިން އެ ގައުމުން ފޭބުމުން ކަމަށްވެސް އަރަގްޗީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ މާނައަކީ އިޒްރޭލުން ވެރިވެގަނެފައިވާ ލުބުނާނުގެ ބިންތަކުން އެމީހުންގެ ސިފައިން ބޭރުވުމެވެ.
މި ވާހަކަތައް އައިސްފައިވަނީ، ވޮޝިންގްޓަންގައި އިޒްރޭލާއި ލުބުނާނުގެ ޑިޕްލޮމޭޓުން ސީދާ މަޝްވަރާތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގަ އެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ސީ.އެން.ބީ.ސީ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ހިޒްބުالله ގެ ހަތިޔާރު އަތުލުމާއި ލުބުނާނަކީ އަސްކަރީ ހަރަކާތްތަކެއް ނެތް ސަރަހައްދަކަށް ހެދުމަކީ އޭނާ އާއި ޓްރަމްޕްގެ ވެސް އަމާޒެއް ކަމަށެވެ. ނަމަވެސް، މިފަދަ ސީދާ މަޝްވަރާތަކާ މެދު ހިޒްބުالله އިން އަންނަނީ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!
ހާމަނާއީ އާ ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ކަރީނާއާއެކު ބޮޑު ސްކްރީން ހިއްސާ ކުރަން ސައިފްގެ ޝަރުތެއް!