ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުއްލި ގޮތަކަށް މިއަދު އިސްތިއުފާ ދީފި އެވެ.
ޒަމީރު އިސްތިއުފާ ދިންކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޙުސެއިން ޝަރީފް ވަނީ ސަރުކާރުގެ މީޑިއާ ޕީއެސްއެމްއަށް ކަށަވަރުކޮށްދީފަ އެވެ.
މި ސަރުކާރުގައި ހުންނެވީ ފުރަތަމަ ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ ސެޕްޓެމްބަރު 30، 2024 ގަ އެވެ.
ކައުންސިލް އިންތިހާބަށް ފަހު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ކެބިނެޓަށް ބަދަލު ގެނައުމަށް ފަހު ފިނޭންސް މިނިސްޓްރީގެ މެންޑޭޓް ބަދަލުކޮށް ޕަބްލިކް އެންޓަޕްރައިސަސް ހިމަނައި، ޒަމީރު އަލުން މިނިސްޓަރު ކަމަށް އަލުން އައްޔަން ކުރި އެވެ.
މާލީ ވަޒީރުކަމުން ޒަމީރު އިސްތިއުފާ ދިން އިރު ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސްރާފާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، ގައުމުގެ މާލީ ހާލަތު ވަނީ ކަންބޮޑު މިންވަރަށް ދަށްވެފަ އެވެ. އަދި ގައުމަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ވެސް އިންތިހާއަށް ބޮޑުވުމުން އެކަންކަން އިސްލާހުކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ވަނީ ސަރުކާރަށް އެތައް ފަހަރަކު އިންޒާރު ދީފަ އެވެ.
ޒަމީރު ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދިން އިރު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މަގާމުން ވަކިކޮށް އެ މަގާމަށް ޒަމީރަށް ގެންނަން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ. ނަމަވެސް ނައިބު ރައީސް ހުސެއިން މަގާމުން ވަކިކުރަން އުޅޭ ވާހަކަ ރައީސް މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ދޮގު ކުރައްވައިފަ އެވެ.
ފިޓްނަސް ޕްލޭންއަށް އޭއައި ބޭނުން ކުރުން: ސަމާލުވާންވީ 5 ކަމެއް!
މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ހުދު އެލާޓް ނެރެފި
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި
އިސްތިއުފާ ދޭންޖެހޭ ތަނުގަ ދިނުން ބުއްދިވެރި ގޮތަކީ