ފީފާ ވޯލްޑް ކަޕަކީ ހަމައެކަނި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިން ފެނިގެންދާ މުބާރާތެއް ނޫނެވެ. މިއީ ތަފާތު އަދި އާދަޔާޚިލާފު ސަޕޯޓަރުންގެ ސަބަބުންވެސް އަބަދުވެސް ފާހަގަކޮށްލެވޭ މުބާރާތެކެވެ.

މިއަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ހޯދަމުންދަނީ އިންސާނެއް ނޫނެވެ. އެއީ މެކްސިކޯ ގައުމީ ޓީމުގެ ރަސްމީ ފެހި ކުލައިގެ ޖާޒީއެއް ލައިގެން ހުރި ލޯބިލޯބި އަސްދޫންޏެކެވެ.

މި އަސްދޫނީގެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ދައުރުވާން ފެށުމާއެކު، އެތައް މިލިއަން ބަޔަކު އަންނަނީ އެއަށް ބަލައި އުފާ ކުރަމުންނެވެ.

؟ވައިރަލްވެގެން އުޅޭ ކުރު ވީޑިއޯއިން ފެންނަނީ، ވޯލްޑް ކަޕްގެ މެޗެއް ބެލުމަށްޓަކައި ސްޓޭޑިއަމް ކައިރިއަށް އެއްވެފައިވާ ސަޕޯޓަރުންގެ މެދުގައި އެ އަސްދޫނި ހިނގާލާފައި ދާ މަންޒަރެވެ. އެންމެންގެ ސަމާލުކަން ހުއްޓުނީ އެ ސޮރަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ކުޑަކުޑަ މެކްސިކޯ ޖާޒީގެ ސަބަބުންނެވެ.

ޖާޒީގެ ފަހަތުގައި މެކްސިކޯގެ ދިދައާއި، ޓީމުގެ ލޯގޯގެ އިތުރުން ނަންބަރެއްވެސް ޖަހާފައި ހުއްޓެވެ. ސްޓޭޑިއަމް ސަރަހައްދުގައި ތިބި އެހެން ސަޕޯޓަރުން ވަނީ މި މަންޒަރު ފެނިގެން އުފަލުން ހަޅޭއްލަވައި، އެ ސޮރާއެކު ފޮޓޯއާއި ވީޑިއޯ ނަގަން ފަށާފަ އެވެ. އަސްދޫނި ވެސް އެއްވެސް ބިރެއްނެތި، މެކްސިކޯގެ ސަޕޯޓަރުންނާ އެކު ދަނޑު ކައިރީގައި "މަސްކޮޓް" އެއް ފަދައިން އުޅެމުންދިޔަ އެވެ.

މި ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ ބަޔަކު ބުނެފައިވަނީ، މިއީ މިހާތަނަށް މިއަހަރުގެ ވޯލްޑް ކަޕުން ފެނުނު އެންމެ "ލޯބި" ސަޕޯޓަރު ކަމަށެވެ.