ނޯވޭގެ ތަރި އާލިން ހާލަންޑްގެ ދެ ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އައިގައި ރޭ ކުޅުނު މެޗުގައި އިރާގް އަތުން 4-1 އިން ނޯވޭ ވަނީ މޮޅުވެފަ އެވެ.
މިއީ 28 އަހަރުގެ ތެރޭގައި ވޯލްޑް ކަޕެއްގައި ނޯވޭ ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗަކީ ޔޫރަޕްގެ އެންމެ މޮޅު އެއް ފޯވަޑް ކަމަށްވާ ހާލަންޑް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އެމެރިކާގައި ކުޅުނު މެޗުގެ 29 ވަނަ މިނިޓުގައި ނޯވޭއިން ލީޑު ނެގީ ހާލަންޑް ޖެހި ލަނޑުންނެވެ. އެކަމަކު 39 ވަނަ މިނިޓުގައި އިރާގުގެ އައިމަން ހުސެއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ފުރަަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، ނޯވޭއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިނީ ހާލަންޑެވެ. މެޗުގެ 76 ވަނަ މިނިޓުގައި ނޯވޭގެ ލިއޯ އޮސްޓްރިގާޑް އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރިއިރު، ހަތަރު ވަނަ ލަނޑަކީ އިތުރު ވަގުތގައި އިރާގްގެ އައިމަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ނޯވޭ އެންމެ ފަހުން ވޯލްޑް ކަޕްގައި ވާދަކުރީ 1998 ވަނަ އަހަރެވެ. ނޯވޭގެ ކޯޗު ސްޓާލް ސޮލްބާކެން އަކީ އެ ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ނޯވޭގެ ސްކޮޑްގައި ހިމެނުނު ކުޅުންތެރިއެކެވެ.
އޮޅުވާލައިގެން މުސާރަ ނެގި މައްސަލަ އޭސީސީން ބަލަނީ
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި
މަރަދޫފޭދޫގައި ހިންގާ ޑްރަގް ކެފޭއެއް ބަންދުކުރަން އަމުރެއް