މަޝްހޫރު ޓީވީ ސީރީޒް "ބްރޭކިންގް ބޭޑް" އަދި "ބެޓާ ކޯލް ސޯލް" ގައި ގަސް ފްރިންގްގެ ކާމިޔާބު ރޯލުން ފެނިގެންދިޔަ ހޮލީވުޑްގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލު ކޮށްފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އުމުރުން 68 އަހަރުގެ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކޮށް ޝަހާދަތް ކިޔާފައިވަނީ ސައުދީ އަރަބިއްޔާގައި އޭނާގެ އާ ފިލްމު "7 ޑޮގްސް"ގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު އެވެ.
ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ މުގައްރިރު ތުރްކީ އަލް-ޝެއިހް ވަނީ އެސްޕޮސިޓޯ މިސްކިތެއްގައި އިތުރު ބަޔަކާއެކު ނަމާދު ކުރަން ހުންނަ ވީޑިއޯއެއް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.
ތުރްކީ އަލް-ޝެއިހް ހާމަ ކުރެއްވި ގޮތުގައި،އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރީ ސައުދީގައި ހޭދަކުރި ދުވަސްތަކުގައި އެ ގައުމުގެ މުސްލިމުންނާ އޮތް ގާތް ގުޅުމާއި، އެމީހުންގެ މެހެމާންދާރީގެ ސަބަބުންނެވެ. ފިލްމުގެ ކާސްޓުންނާއި ކްރޫއިންނާއެކު އޭނާ ވަނީ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުވެސް ކޮށްފަ އެވެ.
އެސްޕޮސިޓޯއަކީ "ދަ ބޯއިސް" އަދި "ދަ މެންޑަލޯރިއަން" ފަދަ މަޝްހޫރު އެތައް ފިލްމުތަކާއި ސީރީޒްތަކުން ފެނިގެން ގޮސްފައިވާ، ދުނިޔޭގެ އެތައް މިލިއަން ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި އެކްޓަރެކެވެ.
އޭނާ އިސްލާމްދީން ގަބޫލުކުރުމާ ގުޅިގެން މީސްމީޑިއާގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ކާބޯތަކެތީގެ އަގުތައް %10 އުފުލިދާނެ ކަމުގެ އިންޒާރެއް
މައިިންބަފައިންނާއި ދަރިން ގެންގުޅެންޖެހޭ ނިދުމުގެ އުސޫލުތަކެއް!
ސްޕެއިން ދިނީ ވަރުގަދަ ރައްދެއް، އުރުގުއޭ އަނެއްކާ ވެސް އެއްވަރު