ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް އިންޑިއާ ހައި ކޮމިޝަނުގެ ފަރާތުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޖީ ބަލަ ސުބްރަމަނިއަމް އެވެ. މަޖިލީހުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުއްﷲ އެވެ.
މި އެހީގެ ދަށުން ލެޕްޓޮޕްތައް ހަދިޔާކޮށްފައި ވަނީ މަޖިލީހުގެ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ތަމްސީލުކުރައްވާ ހަ ދާއިރާއަކަށެވެ. އެހީ ލިބުނު ދާއިރާތަކާއި މެންބަރުންނަކީ:
- ފޮނަދޫ ދާއިރާ: މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
- މަނަދޫ ދާއިރާ: މެންބަރު ހުސްނީ މުބާރިކް
- ކެނދިކުޅުދޫ ދާއިރާ: މެންބަރު އަފޫ ހާމިދު
- ކުރެންދޫ ދާއިރާ: މެންބަރު މުހައްމަދު ޝާމިން ހަބީބު
- ހުރާ ދާއިރާ: މެންބަރު ޑރ. އަނާރާ ނައީމް
- ނިލަންދޫ ދާއިރާ: މެންބަރު ފާތިމަތު ސައުދާ
އިންޑިއާ ހައި ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މި އެހީއަކީ ދިވެހި ސަރުކާރުން ގެންގުޅޭ 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން' ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ދާއިރާތަކުގެ ތަރައްގީއަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ދެވުނު އެހީއެކެވެ.
މުއިއްޒުގެ ބަދަލުގައި ޕީއެންސީން އެހެން ކެންޑިޑޭޓެއް ނެރެނީ
މައިިންބަފައިންނާއި ދަރިން ގެންގުޅެންޖެހޭ ނިދުމުގެ އުސޫލުތަކެއް!
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ