ހޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް 2026 ވަނަ އަހަރުގެ ޖުލައި މަހަކީ ވަރަށް ހާއްސަ މަހަކަށް ވާނެ އެވެ. މި މަހުގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ބޮޑެތި ފިލްމުތަކެއް ސިނަމާތަކަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ކްރިސްޓޯފާ ނޯލަންގެ "ދަ އޮޑިސީ" އިން ފެށިގެން ޓޮމް ހޮލަންޑްގެ "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" އާ ހަމައަށް ގިނަ ފިލްމުތަކެއް މި ޖުލައި މަހު ރިލީޒް ކުރާނެ އެވެ. ޖުލައި މަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ ބައެއް މުހިންމު ފިލްމުތަކަށް ބަލާލާނަމެވެ.

1. މިނިއަންސް އެންޑް މޮންސްޓާސް - ޖުލައި 2

މިނިއަންސް އެންޑް މޮންސްޓާސް

މި މަހު އެންމެ ފުރަތަމަ ނުކުންނަ އެއް ފިލްމަކީ ޕިއާ ކޮފިން ޑައިރެކްޓްކޮށްފައިވާ "މިނިއަންސް އެންޑް މޮންސްޓަރސް" އެވެ. މި އެނިމޭޓެޑް ކޮމެޑީ ފިލްމަށް އަޑު އަޅާފައިވާ ތަރިންގެ ތެރޭގައި އެލިސަން ޖެނީ އަދި ޓްރޭ ޕާކަރ ހިމެނެ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 2 ވަނަ ދުވަހު އެވެ.

2. މޯނާ - ޖުލައި 10

މޯނާ

ތޯމަސް ކައިލް ޑައިރެކްޓް ކޮށްފައިވާ "މޯއާނާ" އަކީ 2016 ވަނަ އަހަރު ނުކުތް މަޝްހޫރު އެނިމޭޓެޑް ފިލްމުގެ ލައިވް-އެކްޝަން ފިލްމެކެވެ. ޑްވޭން ޖޯންސަން، ފްރޭންކީ އެޑަމްސް އަދި ރީނާ އޮވެން ފަދަ ތަރިން ފެނިގެންދާ މި ފިލްމު ރިލީޒް ކުރާނީ ޖުލައި 10 ގަ އެވެ.

3. ދަ އޮޑިސީ - ޖުލައި 17

ދަ އޮޑިސީ

ކްރިސްޓޯފާ ނޯލަން ޑައިރެކްޓް ކޮށްފައިވާ މި އެކްޝަން ފެންޓަސީ ފިލްމަކީ މި މަހު ނުކުންނަ އެންމެ ބޮޑު އެއް ހޮލީވުޑް ފިލްމެވެ. މި ފިލްމުގައި ރޮބަޓް ޕެޓިންސަން، މެޓް ޑޭމަން، ޓޮމް ހޮލަންޑް، އޭން ހެތަވޭ އަދި ޒެންޑޭޔާ ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 17ގަ އެވެ.

4. މޮޓޯ ސިޓީ - ޖުލައި 24

މޮޓޯ ސިޓީ

ޕޮޓްސީ ޕޮންސިރޯލީ ޑައިރެކްޓް ކޮށްފައިވާ މި އެކްޝަން ތްރިލާ ފިލްމުން ފެނިގެންދާނީ އެލަން ރިޗްސަން އަދި ޝައިލީން ވުޑްލީ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 24 ވަނަ ދުވަހު އެވެ.

5. ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ - ޖުލައި 31

ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ

ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކުރާ މި ފިލްމުން ޓޮމް ހޮލަންޑް އަނެއްކާވެސް ޕީޓަރ ޕާކާ (ސްޕައިޑަ މޭން)ގެ ރޯލުން ފެނިގެންދާނެ އެވެ. އަދި އޭނާއާއެކު އެމްޖޭ ގެ ރޯލުން ޒެންޑޭޔާ ފެނިގެންދާނެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފިލްމު ޖުލައި 31 ގައި އަޅުވާނެ އެވެ.