ހިތުގެ ބަލިތަކަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބު ކަމުގައިވާއިރު، މިއަދު ސައިންސްވެރިން ވަނީ ޖީން އެޑިޓިންގް ޓެކްލޮޖީ ބޭނުން ކޮށްގެން ލޭގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް ދަށް ކުރުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ކުރިއެރުންތަކެއް ހޯދާފަ އެވެ.
"ދަ ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިން" ގައި ޝާއިއު ކޮށްފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުގައި ކްރިސްޕާ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހަށިގަނޑުގެ ފުރަމޭގައި ހުންނަ ކޫލެސްޓްރޯލް އުފައްދާ ހާއްސަ ޖީންއަކަށް ގެނައި ބަދަލެއްގެ ސަބަބުން، ލޭގައި ހުންނަ ނުރައްކާތެރި ގެއްލުންހުރި ކޮލެސްޓްރޯލާއި (އެލްޑީއެލް)ގެ މިންވަރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދަށުގައި ހިފެހެއްޓިފައިވާކަން ވަނީ ދައްކައިދީފަފަ އެވެ.
މި ޓެސްޓުތަކުން ދައްކާ ގޮތުގައި، އެންމެ މަތީ މިންވަރަށް މި ފަރުވާ ދިން މީހުންގެ ހަށިގަނޑުގައި އެ ޖީން މަސައްކަތްކުރާ މިންވަރު 80 ޕަސެންޓަށް ކުޑަވެ، ނުރައްކާތެރި ކޮސްޓްރޯލް ވަނީ ގާތްގަނޑަކަށް 50 ޕަސެންޓް ދަށްވެފަ އެވެ.
މިއީ ކޮންމެ ދުވަހަކު ބޭސް ކެއުމުގެ ބަދަލުގައި، އެއް ފަހަރު ދޭ އިންޖެކްޝަނަކުން ދިގު މުއްދަތަކަށް ނުވަތަ ދާއިމީކޮށް މިކަމަށް ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ޑޮކްޓަރުން ފާހަގަކުރެ އެވެ.
މި އާ ފަރުވާއަކީ ހިތުގެ ބަލިތަކާއި ކޮލެސްޓްރޯލް މައްޗަށް ދިއުމުގެ މައްސަލަތަކަށް ކުރިމަގުގައި ލިބިގެންދާނެ ބޮޑު އިންގިލާބެއް ކަމަށް ދިރާސާކުރި ފަރާތްތަކުން ފާހަގަކުރެ އެވެ.
ދުޅަހެޔޮ އަދި އުފާވެރި އާއިލާއަކަށް ދިރިއުޅުމުގެ އާދަތަކެއް!
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ