މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޓީމުން ދައްކާފައިވާ ކުޅުމަށް ފާޑުކިއުންތައް އަމާޒުވި ނަމަވެސް، އާޖެންޓީނާގެ ކުޅުން ގޯހެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.
ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ އާޖެންޓީނާ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނާނެ އެވެ.
މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސްކަލޯނީ ބުނީ މުބާރާތުގެ ސެމީ ފައިނަލަށް އާޖެންޓީނާ ދަތުރުކުރާނީ ރަނގަޅަށް ކަންތައްތަކެއް ކޮށްގެން ކަމަށެވެ.
"މީހުން ބުނާހާ ގޯހެއް ނޫން އާޖެންޓީނާގެ ކުޅުން. ކޮންމެވެސް ކަމެއް ރަނގަޅަށް ކޮށްގެން ސެމީ ފައިނަލަށް ދަތުރުކުރެވޭނީ،" 2022ގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ. "ކުޅުންތެރިންގެ އަގު ވަޒަންކުރަން. ތިން ތަށި މި ޓީމުން ހޯދައިފި. މިހާރު މި އޮތީ އަނެއްކާވެސް ވޯލްޑް ކަޕްގެ ސެމީ ފައިނަލެއްގައި. ފައިނަލްގެ ޖާގައެއް ހޯދަން ކުރަންޖެހޭ ހުރިހާ ކަމެއް މި ޓީމުން ކުރާނެ."
އާޖެންޓީނާ ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. އަދި ސެމީ ފައިނަލަށް ދަތުރުކުރީ ނޮކްއައުޓް ބުރުގައި ކޭޕް ވާޑް، މިސްރު އަދި ސްޓިޓްޒަލޭންޑް ބަލިކުރުމަށްފަހު އެވެ. މިސްރު އަތުން އާޖެންޓީނާ ގަދަ 16ގެ ބުރުގައި މޮޅުވީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. ދެވަނަ ބުރުގައި ކޭޕް ވާޑް އަދި ކުއާޓާ ފައިނަލްގައި ސްވިޓްޒަލޭންޑް އަތުން މޮޅުވީ އިތުރު ވަގުތުގަ އެވެ.
ސްކަލޯނީ ބުނީ ސެމީ ފައިނަލްގެ ކުރިން އާޖެންޓީނާ ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް އޭނާ މިހާރު ނުވިސްނާ ކަމަށެވެ. އަދި ވޯލްޑް ކަޕްގެ ސެމީ ފައިނަލެއްވީމަ، "ވަރުބަލިވިޔަސް ނުވިޔަސް" ތަފާތެއް ނާންނާނެ ކަމަށެވެ.
އެމެރިކާއިން އީރާނުގައި ހިންގި މިޝަންއަކަށް ހޮލީވުޑް ފިލްމެއް!
ފްރާންސް އިން ތައްޓަށް ކުރި އުއްމީދު ފުނޑުފުނޑު ވެއްޖެ
މިނިވަން ދުވަހު ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވާނެ