ފޮނި ކެއުމަކާ ނުލާ އީދުގެ ސުފުރާ ފުރިހަމައެއް ނުވާނެ އެވެ. ތިރީގައި މި ގެނެސްދެނީ މިއަދުގެ ސުފުރާގައި ހިމަނާލަން ރަނގަޅު ހަދާލަން ފަސޭހަ ފޮނި ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • ½ 1 ޖޯޑު ހަކުރު
  • 3/1 ޖޯޑު ކޮކޯ
  • 3/1 ޖޯޑު ކޯން ސްޓާޗް
  • ކުޑަ ލޮނު ކޮޅެއް (ދެއިނގިލި ކުރިން ނެގޭވަރަށް)
  • ½ 4 ޖޯޑު ކިރު
  • 4 މޭޒުމަތީ ސަމުސާ ބަޓަރު
  • 1 ސައި ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

  1. އުނދުން މައްޗަށް ތެއްޔެއް އުދައި ހަކުރު، ކޮކޯ ޕައުޑަރު، ލޮނު އަދި ކޯން ސްޓާޗް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ކިރު ކޮޅު އަޅައި ރަނގަޅަށް އެއްވަންދެން ހާކާށެވެ.
  2. ކުޑަކޮށް ގިނި ގަދަކޮށްލުމަށްފަހު ބޮކި ޖަހައި އެއް މިނެޓް ވަންދެން ކައްކާށެވެ. ފުލު ނުޖެހޭ ވަރަށް ފަރުވާތެރިވާށެވެ. ކެކިގަނެ އޮލަވުމުން އުނދުން މަތިން ބާލާ ބަޓަރާއި ވެނީލާ އެސެންސް އަޅައި އެއްކުރާށެވެ.
  3. ޕުޑިންގް ކޮޅު ހިހޫކުރަން ބަހައްޓާށެވެ. ގަނޑުނުވާނެހެން އިރުއިރުކޮޅުން ހާކާލަން ވާނެ އެވެ.

ފޮނި ތަކެތި އަޅާ ތަށިތަކަށް ޕުޑިން އެއްވަރަށް އަޅާލުމަށްފަހު މައްޗަށް ކުޑަ ވިޕިންގް ކްރީމް ކޮޅަކާއި ގާނާފައި ހުރި ޗޮކްލެޓް އަޅައި ސުފުރާއަށް އިންސާފު ކުރައްވާށެވެ.