އަޅުގަނޑުމެންގެ އީދު މަލާފަތް މުޅިން ފުރިހަމަ ވާނީ ބުއިމަކާ ވެސް އެކުގަ އެވެ. އެހެންކަމުން ރޯދަމަހުގެ ހަނދާން އާކޮށްލުމުގެ ގޮތުން ތިރީގައިވާ ކަދުރު ޝޭކް މި އީދު މަލާފަތުގައި ހިމަނާލީމެވެ.

ބޭނުންވާ ތަކެތި

  • 10 ކަދުރު (އޮށްނަގާފައި)
  • 3 ޖޯޑު ކިރު
  • ¼ ސައި ސަމުސާ ފޮނިތޮށި ޕައުޑަރު
  • 1 ޖޯޑު ވެނީލާ އައިސްކްރީމް

ތައްޔާރުކުރާނެ ގޮތް

  1. ބްލެންޑަރެއެއްގައި ކަދުރުކޮޅު ހިމުންކޮށްލާށެވެ. އަދި ކިރާއި ފޮނިތޮށި ޕައުޑަރު އަޅައި ބްލެންޑަރުން ރަނގަޅަށް ބްލެންޑް ކޮށްލާށެވެ.
  2. އެއަށްފަހު އައިސްކްރީމް އަޅައި އިތުރު 15 ސިކުންތު ބްލެންޑް ކޮށްލާށެވެ.

ހެދި ޝޭކް ބިއްލޫރި ތަށިތަކަށް އެޅުމަށްކަހު އިތުރު 1 އައިސްކްރީމް ސަމްސާ މައްޗަށް އަޅާށެވެ. އަދި ކަދުރު ފޮއްޗަކާއެކު ސުފުރާއަށް އިންސާފު ކުރައްވާށެވެ.