މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ކޮޅިގަނޑެއްގައި ހއ. ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގެ ދޮރު ވެއްޓިއްޖެ އެވެ.
މިސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީ ކުރި ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގައި ފުރާމީހުން ބޭނުންކުރާ ދޮރާށި ވެއްޓިފައިވާއިރު އެ ޓާމިނަލްގެ ދޮރާށިތައް ހަދާފައި ހުންނަނީ އެލްމިނިއަމް ފްރޭމްގަނޑެއްގައި ބިއްލޫރި ބޭނުންކޮށްގެންނެވެ.
ކޮޅިގަނޑެއްގައި އެ ޓާމިނަލްގައި ފުރާ މީހުންގެ ދޮރާށި އެއްކޮށް ވެއްޓި ފުނޑުފުނޑުވީ މިއަދު ހެނދުނު 10:30 ހާއިރުއައި ކޮޅިގަނޑެއްގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ 19 ނޮވެމްބަރު 2020 ގައެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ.
މަރާލަން އުޅެފިނަމަ އީރާން މުޅިން ސުންނާފަތި ކޮށްލާނަން: ޓްރަމްޕް
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ގާނޫނީ ކޯޅުމަކީ ލިބުނު ބޮޑު ނަފްސާނީ އަނިޔާއެއް: ޖަސްޓިން
އާކިޓެކްޓް އަދި އިންޖީނިއަރ މިކަންކަމަށް ރިޔާއަތް ނުކޮށް ކުރެހީމަ ވާނީ މިހެން. ބީއޯކިޔުގަ މިލިޔަނުން އަގުޖަހާ ފީ އިލޮށިން ތަން ހަދާ ނިންމާލީމަ ވާނީ ތިހެން.