އާންމުކޮށް އަންގާ އުސޫލާ ހިލާފަށް، ވަކި މީޑިއާތަކަކަށް އެކަނި ދައުވަތު ދީގެން މިއަދު މެންދުރުފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅޭކަން އެނގިއްޖެ އެވެ.
ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތައް އާންމުކޮށް އަންގަނީ ރައީސް އޮފީހުގެ ރަސްމީ މީޑިއާ ވަޓްސްއެޕް ގްރޫޕް މެދުވެރިކޮށް ކަމަށްވީ ނަމަވެސް، މިއަދު އެ ގްރޫޕަށް މެސެޖު ނުފޮނުވައި ރައީސް އޮފީހުން ވަނީ ވަކިވަކި މީޑިއާތަކަށް މެސެޖުން ދައުވަތު ފޮނުވަން ފަށާފަ އެވެ.
އެ މެސެޖުތަކުގައިވާ ގޮތުން މިއަދު މެންދުރުފަހު 1:00 އިން 2:00 އަށް އޮންނަ މި ބައްދަލުވުމަށް ނޫސްވެރިން މީޑިއާ ފާހާއެކު 12:15 އަށް ރައީސް އޮފީހަށް ހާޒިރުވާންޖެހޭއިރު، އެންމެ ލަސްވެގެން ވަދެވޭނެ ގަޑިއަކީ 12:20 އެވެ.
މިދިޔަ މާޗު މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަން އުސޫލެއް ހަމަޖެއްސި ނަމަވެސް، ފާއިތުވި ދެ މަހެއްހާ ދުވަހު އެ ބައްދަލުވުންތައް އޮތީ މެދުކެނޑިފަ އެވެ. އަދި މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބައެއް ބިލުތައް ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތަކަށް ނޫސްވެރިންނަށް ދައުވަތު ދިން ނަމަވެސް، އެ ދުވަހު ސުވާލުކުރުމުގެ ފުރުސަތު ދީފައި ވަނީ ހަމައެކަނި ތަސްދީގުކުރި ބިލުތަކާ ގުޅޭގޮތުންނެވެ.
އިންސާނެއްގެ ހަށިގަނޑަށް އިރުގެ އަލި ބޭނުންވަނީ ކިހާ ވަރަކަށް؟
"ހެރީ ޕޮޓާ ރީބޫޓް"ގެ ފުރަތަމަ ޓްރެއިލާއިން ތަފާތު ކަންތައްތަކެއް!
ކެބިނެޓުގައި ވެސް ބޮޑު އިންގިލާބެއް އެބަހިނގާ: ޔާމީން