މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިބާރުވެފައި ވަނިކޮށް އޮޔާ ދިޔަ ބޮޑު ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މާލޭ ކާނިވަލާ ދިމާލުން ކޮންޓްރޯލުން ނެއްޓިގެން އޮޔާ ދިޔަ މި ތެޔޮ ޓަގު ބޯޓު ގޮސް ޖެހިފައި ވަނީ ސިނަމާލެ ބްރިޖުގެ ތަނބެއްގަ އެވެ.
މި ހާދިސާއާ ގުޅިގެން ބްރިޖަށް ނުވަތަ އެ ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް އެމްއެންޑީއެފް ކޯސްޓުގާޑުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ކުރީގެ ނަންބަރު ކަމަށް ބުނެ އޮޅުވާލާ ސްކޭމްތައް އިތުރުވަނީ
އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ދިއްދޫ މީހަކު މާލެއިން ގެއްލިގެން ހޯދަނީ