ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ އިސްރާއީލުގެ ޑޮކިއުމެންޓަރީ ފިލްމު "ނާޒާ"އަށް ވެނިސް ފިލްމު ފެސްޓިވަލްގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އެގޮތުން ފެސްޓިވަލްގައި އެ ފިލްމު ސްކްރީން ކުރި ފަހުން އެ ފިލްމަށް ވަނީ 25 މިނެޓުގެ ދިގު "ސްޓޭންޑިންގް އޮވޭޝަން"އެއް ލިބިފަ އެވެ.
މި ފިލްމަށް ލިބުނު މި ތަރުހީބަކީ މި ފެސްޓިވަލްގެ ތާރީހުގައިވެސް މިހާތަނަށް ލިބުނު އެންމެ ދިގު އެއް އޮވޭޝަން ކަމަށް ރިޕޯޓުތައް ބުނއެވެ.
އޮސްކާ އެވޯޑް ހާސިލު ކޮށްފައިވާ އިސްރާއީލުގެ ފިލްމު އުފެއްދުންތެރިން ކަމަށްވާ ޔުވާލް އަބްރަހަމް އަދި ރޭޗަލް ޒޯރް ޑައިރެކްޓް ކޮށްފައިވާ މި 80 މިނެޓުގެ ޑޮކިއުމެންޓަރީގައި އަލި އަޅުވާލާފައިވަނީ ޣައްޒާގައި ވައިގެ ހަމަލާތައް އަމާޒުކުރާ ތަންތަން ކަނޑައެޅުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ގެންގުޅޭ ނިޒާމުތަކަށެވެ.
މި ފިލްމު އުފެއްދުމަށްޓަކައި އިސްރާއީލުގެ އަސްކަރީ ޖާސޫސީ އޮފިސަރުންނާއި ސިފައިންގެ 24 މީހުންނާ ސިއްރިޔާތުގައި އިންޓަވިއުކޮށްފައިވެ އެވެ. އަދި އެ މީހުންގެ އައިޑެންޓިޓީ ސިއްރު ކުރުމަށްޓަކައި ފިލްމުގައި ވަނީ އަޑާއި ސޫރަ ބަދަލުކޮށްފަ އެވެ.
ފިލްމު ޕްރިމިއާ ކުރުމަށްފަހު ސިނަމާ ހޯލުގައި ތބި ބެލުންތެރިން ވަނީ ގާތގަނޑަކަށް 25 މިނެޓު ވަންދެން މެދުކެނޑުމެއްނެތި ކޮޅަށް ތިބެ އަތްޖަހާފަ އެވެ. އެއާއެކު ރެޑް ކާޕެޓް ސަރަޙައްދުގައި ބައެއް މީހުން "ފްރީ ފަލަސްތީން" (ފަލަސްތީނަށް މިނިވަންކަން) އަށް ގޮވާލާފައިވާކަންވެސް ފާހަގަކުރެވެ އެވެ.
މި ފިލްމަށް ލިބެމުންދާ ތަޢުރީފާ އެކު، މިއީ މިއަހަރުގެ ވެނިސް ފިލްމު ފެސްޓިވަލްގެ އެންމެ މަތީ އެވޯޑަށް ވާދަ ކުރާނެ އެންމެ ކުރީގައި އުޅޭ އެއް ފިލްމު ކަމަށް ވަނީ ބެލެވިފަ އެވެ.
މިދިޔަ އަހަރުވެސް ފަލަސްތީނުގެ ކުޑަކުއްޖެއްގެ މައްޗަށް ކުޅުނު ފިލްމަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
މި ފަދަ ފިލްމުތަކަށް ލިބެމުން އަންނަ ތަރުހީބުން އަންގައިދެނީ މިއަދު މީސްތަކުންގެ ހިތްތަކުގައި އިންސާނިއްޔަތުކަން ނެތްކަން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ވިއްސާރާގައި ފޭދޫގެ 30 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
ރޭ އޮޔާދިޔަ ދެ ބޯޓަކީ ވަގަށް ވަދެފައިވާ ބޯޓުތަކެއް
ދެހިވަލާގައި ބޮން އަމާޒުވީ ނުބައި ގެޔަކަށް، ދެ ކުދިން މަރުވި