ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އައްޔަންކުރައްވައިފި އެވެ.
އާ މަގާމަށް އައްޔަންކުރެއްވުމާއެކު ޑރ. މާރިޔާ ވަނީ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ނުކުންނަވަން ފައްޓަވާފަ އެވެ.
މިދިޔަ އެޕްރީލް މަހު އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މާރިޔާ، މި ސަރުކާރުގެ ފެށުމުގައި އެންމެ ފުރަތަމަ އަދާކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމެވެ. އޭގެ ފަހުން އޭނާ އެގްރިކަލްޗާ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ޑރ. މާރިޔާ ހިމެނިވަޑައިގަންނަވާ ގޮތަށް ކެބިނެޓުގެ 10 މިނިސްޓަރަކު މިދިޔަ އެޕްރީލް މަހު މަގާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.
ބީއެމްޑަބްލިއު އިންޑިއާގެ އެމްބެސެޑަރަކަށް ރަންވީރު!
ކްރޭޝް ޑައިޓުތަކުގެ އަނދިރި ފަރާތް: ކެންސަރަށް އޮތް ފަހި މަގެއް؟
ކަރީނާގެ "ޑާއެރާ"އަށް ސެންސަރު ބޯޑުން "އޭ" ކެޓަގަރީގެ ރޭޓިންއެއް!
