ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ހުއްދަނެތި ވަދެ، ޤާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގެންފި އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ސޯޝަލްމީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ މި ބޯޓު މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެވިފައި ވާކަމަށެވެ. އަދި މި ބޯޓު މާލެއަށް ގެނައުމުގެ އޮޕަރޭޝަން ކޯސްޓްގާޑުން މިހާރު ދަނީ ހިންގަމުންނެވެ.
އެމްއެންޑީއެފުން އިތުރަށް ހާމަކުރި ގޮތުގައި މި އުޅަނދު އަތުލައިގަނެވިފައި ވަނީ ކ. ދިއްފުށީގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 123 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ވަގުތު މި ބޯޓުގައި 6 ފަޅުވެރިން ތިބި ކަމަށް ވެސް ރިޕޯޓްކޮށްފައި ވެއެވެ.
ނަމަވެސް، މި އޮޕަރޭޝަނުގައި އަތުލައިގަތީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއް ކަމެއް އަދި އޭގައި ތިބި މީހުންގެ ވަނަވަރެއް މިހާތަނަށް ސިފައިންގެއިން ހާމަކޮށްފައެއް ނުވެ އެވެ.
އަމީތާބުގެ އަމަލުތައް ހުރި ގޮތުން އޭނާއަށް ފާޑު ކިޔަނީ!
އުމުރުން 70ގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރަންވީ މިހާރު!
ރިސޯޓެއްގައި މޫދަށް އެރުނު ދެ ފަތުރުވެރިއަކު ގެނބިގެން ފަރުވާދެނީ