ރާއްޖެ ފަތުރުވެރިކަމަށް އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ރާއްޖެއާ މެދު އޮތް އިތުބާރު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމަށް ބަދަލުތައް ގެންނަނީ އެ ސިނާއަތުގެ އިސް ބޭފުޅުންނާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ.
ރާއްޖެއިން ބޭރުގެ 800 ވަރަކަށް ޓުއާ އޮޕަރޭޓަރުން ކުރިއަށްއޮތްތަނުގައި ރާއްޖެ ޕްރޮމޯޓް ނުކުރާނެ ކަމުގެ އިންޒާރު ދިނުމަކީ އެއްވެސް މަޝްވަރާއެއް ދިރާސާއެއް ކުރުމެއް ނެތި 24 ގަޑިއިރު ތެރޭ ގާނޫނު ބަދަލުކޮށް ވިޔަފާރިތަކަށް ދަތިކުރުމުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސްރާފަށް ހަރަދުކުރަން ފަތުރުވެރިކަމުގެ ސިނާއަތް ގުރުބާންކޮށް މުޅި ސިނާއަތާ މެދު އިންވެސްޓަރުންނާއި ވިޔަފާރިތަކުގެ އިތުބާރު އިއާދަނުކުރެވޭ މިންވަރަށް މުއިއްޒުގެ ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތައް އަޑުއަހައި ޓުއާ އޮޕަރޭޓަރުންނާ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މުޅި އިގުތިސޯދާއި ގައުމު ބޮޑު ނުރައްކަލަކަށް ހުށަހެޅެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލަށް ތާއީދު ކުރުމުން އެޑް ޝީރަން ބޮއިކޮޓް ކުރަން ފަށައިފި
ތިޔަ ކާ "ފައިދާހުރި" ނާސްތާއިން ލޭގެ ހަކުރު މަތިވޭ؟
ފުވައްމުލަކު ބޭރަށް ޑައިވިން އަށް ފޭބި ޓޫރިސްޓަކު މަރުވެއްޖެ
