ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މައްސަލައެއްގައި ބިދޭސީއަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގުރައިދޫގެ ސިނާއީ ސަރަހައްދުގައި 2020 ވަނަ އަހަރު ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ.
އެ ހާދިސާ ހިނގިތާ ހަ އަހަރުފަހުން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ ބަބުލް އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށެވެ. އެގޮތަށް ހުކުމްކުރީ ޝާހުގެ ވާރިސުންގެ ބަސް ހޯދިއިރު، ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނުމުންނެވެ.
ބަބުލް އުމުރަށް ޖަލަށްލި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރާނެ އެވެ.
ރާއްޖޭގައި ބިދޭސީން މެދުގައި ހިންގާ ހަމަނުޖެހުންތަކުގައި މީހުން މެރުން މިހާރު ވަނީ އާންމުވެފަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޕާކިސްތާނަށް ވަޑައިގަންނަވަނީ
ފޭސް 2 ގައި ނުރައްްކާތެރި އެކްސިޑެންޓެއް: ފަސް މީހަކަށް އަނިޔާވި
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ދަރަވަންދޫގައި ޕްރޮގްރާމެއް