މާލެ އުސްފަސްގަނޑު ބޭރު ތޮށިގަނޑު މަތިން މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު، ހިލަގާތަކު ތެރޭގައި މީހަކު ތާށިވެފަައި އޮތްކަމުގެ މައުލޫމާތު މިއަދު ހަވީރު 17:16 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެމީހާ ސަލާމަތް ކޮށް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ހިއްސާކުރާނެ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ދިރާގުގެ އިނާމު ހޯދުމުގެ ފުރުސަތު!
އަންނަ އަހަރު ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް