މާލޭ އުސްފަސްގަނޑާ ދިމާލު ތޮށިމަތީ ޖަހާފައި ހުންނަ ބަޖިޔާގާތަކާއި ހިލަތަކުގެ ދެމެދަށް ވެއްޓުނު މީހަކު، އެމްއެންޑީއެފް އިން ސަލާމަތްކޮށްދީފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 5:24 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ ފިރިހެން މީހާ ސަލާމަތްކުރުމުގެ މަސައްކަތްކޮށްފަ އެވެ.
ބަޖިޔާގާތަކާއި ހިލަތަކަތަކުގެ ދެމެދު ހެދިފައި އޮތް ހުސްޖާގެއެއްގެ ތެރެއަށް، ބޯކޮޅުވަތަށް ވެއްޓުނު މި މީހާ ސަލާމަތްކުރުމަގައި މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ ރެސްކިޔު ޓޫލްސް ބޭނުންކޮށް، ހިލަތަށް ދުރަށް ޖެއްސުމަށްފަހު އެ މީހާ އެތަނުން ނަގާފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް މިހާރު ގެންގޮސްފައިވާ އިރު، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ 1' އަށް މަތިކޮށްފި
ބޮލީވުޑްގެ ވެޓެރަން އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ
