މާލޭގައި ހިންގި މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު މަރުވި މައްސަލައަށްފަހު ފިލައިގެން އުޅުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން ޖޫން, 2016 ގައި މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލާގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީ ހައްޔަރުކުރީ އެ ހާދިސާއަށްފަހު އޭނާ ހޯދަމުން ދިޔަތާ ތިން އަހަރު ފަހުން 2019 ވަނަ އަހަރު އެވެ.
އެ މައްސަލާގައި އިރުފާން ހޯދަން 2016 ވަނަ އަހަރު ފުލުހުން އިއުލާންކުރި ނަމަވެސް އޭނާ ފެނުނީ 2019 ވަނަ އަހަރު ގދ. ތިނަދޫން ފުރައިގެން ދަތުރުކުރި ލޯންޗެއް ތެޔޮ ހުސްވެ ހާލުގައި ޖެހިގެން ތިނަދޫ އަށް ގެންދިޔައިރު އިރުފާން ލޯންޗު ތެރޭގައި އިންކަން ފުލުހުންނަށް އެނގުމުންނެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ އިރުފާންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.
އެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، އެ ހުކުމުގެ ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
އަބްދުރަހީމާއެކު ޕީއެންސީގެ ބޮޑު ވަފުދެއް ޕާކިސްތާނަށް
އައްލޫ އަރްޖުންއާއި އަޓްލީގެ "ރާކާ"އަށް ދުނިޔޭގެ ރެކޯޑެއް!
ޣައްޒާގެ ހުރިހާ ރައްޔިތުން ބޭރުކޮށްލާނެކަމުގެ އިންޒާރު ދީފި