ޑިޕްރެޝަން ނުވަތަ މާޔޫސްކަމުގެ ބައްޔަށް ފަރުވާ ކުރުމުގައި، ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނެސްގެން ލިބޭ ފަރުވާއަކީ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ ނުވަތަ ނަފްސާނީ ކައުންސިލިންގް ދީގެން ލިބޭ ފަރުވާއެކޭ އެއްވަރަށް އަދި އެއަށްވުރެެ ވެސް ފަރުވާގެ ނަތީޖާ ރަނގަޅު ގޮތެއް ކަމަށް އައު ދިރާސާއަކުން ދައްކައިފި އެވެ.
ސައިންސްގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު "ނިއު ސައިންޓިސްޓް" މަޖައްލާގައި އާއްމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދިރިއުޅުމުގެ ވައްޓަފާޅިއަށް އެދެވޭ ބަދަލުތަކެއް ގެނެސްގެން ޑިޕްރެޝަންގެ އަލާމާތްތައް ކުޑަ ކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދެ އެވެ.
ފަރުވާއަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް
- ސިއްހަތަށް ފައިދާހުރި ކާނާ: ހަށިގަނޑަށާއި ސިކުނޑިއަށް ފައިދާހުރި، "މައިންޑްފުލް" ކެއުމުގެ އާދަތައް އަށަގަންނުވުން.
- ކަސްރަތު ކުރުން: ގަވާއިދުން އުފަލާއެކު ކުރެވިދާނެ ކަސްރަތެއް ނުވަތަ ހަރަކާތްތަކެއްގައި ބައިވެރިވުން.
- އަރާމު ނިދި: އަރާމު، އަދި ފެންވަރު ރަނގަޅު ނިދިއެއް ގަވާއިދުން ހޯދުން.
މި ދިރާސާއިން އެނގުނު ގޮތުގައި، މިފަދަ ސިއްޙީ ރަނގަޅު އާދަތައް ދިރިއުޅުމުގައި ހިފެހެއްޓުމުން، ނަފްސާނީ ތެރަޕީތަކުން ލިބޭފަދަ ބޮޑު ނަތީޖާއެއް މާޔޫސްކަމުން ދުރުވުމަށްޓަކައި ލިބިގެންދެ އެވެ.
މިއީ ޑިޕްރެޝަންގެ އުނދަގޫތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް، ބޭހާއި ތެރަޕީގެ އިތުރުން އަމިއްލަ ދިރިއުޅުމުގެ ތެރެއިން ހައްލު ހޯދުމަށް ފަހިވެގެންދިޔަ ވަރަށް މުހިންމު ފުރުސަތެކެވެ.
ސްކޭމްތަކުގައި ގެއްލުނު ފައިސާގެ އަދަދު 15 މިލިއަނަށް
ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށްފި