މަގުމަތީގެ އާންމު އުސޫލުތަކާއި ޓްރެފިކް ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވާ މީހުންނާ މެދު "އެންމެ މަތީ ދަރަޖައިގައި" ހަރުކަށި ފިޔަވަޅުތައް އަޅަން ފުލުހުންގެ އެކި ސެކްޝަންތަކަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު އަންގަވައިފި އެވެ.
މާލޭގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ޒުވާން އަންހެނަކު ނިޔާވި ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ނެރުއްވި މެސެޖެއްގައި ވިދާޅުވީ މަގުމަތީގެ އަމާންކަން ބެލެހެއްޓުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް ވަގުތުން ތަންފީޒު ކުރަން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މި ފިޔަވަޅުތައް ގްރޭޓާ މާލެ އޭރިއާގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް އަޅަމުންދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
މި ފިޔަވަޅުތަކުގެ މަގުސަދަކީ މަގުމަތީގެ ރައްކާތެރިކަން އެންމެންނަށް ކަށަވަރުކޮށްދިނުން ކަމަށާއި މަދު ބައެއްގެ ސަބަބުން ތަކުރާރުކޮށް ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ ށ. ފޯކައިދޫ، މަގުމަތީގޭ، އާއިޝަތު މާހިދާ، 26، އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން، 21، ހައްޔަރުކޮށްފައެވެ. ތަހުގީގުގެ ބޭނުމަށް އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މާހުއަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރަށް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެކެވެ. ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުން އެނގޭ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ޒިގްޒެގްކޮށް ދުއްވަނިކޮށް މާހިދާ އިން ސައިކަލުގައި ޖެހިގެންނެވެ.
މާފުށީގައި ބަނގުރަލުގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
30ގެ އަހަރުތަކުގައި މާބަނޑުވުން: އާއްމު ސުވާލުތަކާއި ޖަވާބު!
ހަމަނުޖެހުން ބޮޑުވެ ފްރާންސްގައި ކާފިއު އިއުލާން ކުރަނީ

ކަލޭމެން ގަބޫލުކުރާބަޔަކުނެއް ތީބޭކާރު ރައްޔަތުން މަރާ ފޭރޜޭ ތަނެއްދޮރެއް ނުދަންނަ ސިޔާސީ ޕައިރައިޓުތަކެއް ރައްޔަތުން ޔުނީފޯމުދިނީ ޖޫރިމަނާކުރާކައްނޫން އަދިއނިޔާވެރިވާކައްނޫން އެންމެ ދެމީހަކު ކުރާކަމަކުން އެންމެންނަގެ އަތުގަހުރި ލާރިކޮޅު ދިރުވާލަން ތިޔައުޅެނީ މިހާރުއުޅެވޭކައްނެއް ސަރުކާރުހުރިހާބިމެއްގަ ފުޑުސެލްދަނޑުހަދާފަ ކޮންމެ ވެރިއރއްދާއިރު 10 ކާރު އެމްޓީސީ 500 ކާރު މަގުމައްޖައްނެރެފަ ހުރިހާސަހަރާތަކުގަބަގީޗާއިންދާފަ ނުކަތާވަރައް މާލެއައްމީހުންއަރުވާފަ އަނïާކޮއް ތިފާޑައް އުޅުނު ފިރުއައުނު