ރަސްމާލޭގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ނިންމާފައިވާ މަޝްރޫއު އައްޑޫ ސިޓީއަށް ބަދަލުކުރުމާމެދު މަޝްވަރާކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެމްޑީޕީގެ އިންވެސްޓްމެންޓް ފޯރަމްގައި އެދިވަޑައިގެންފި އެވެ.
މި މަޝްރޫއަކީ އުސޫލެއްގެ ގޮތުން ގޯސް މަޝްރޫއެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެ މަޝްރޫއު އައްޑޫއަށް ގެންދިއުމަށް އެމްޑީޕީން ލޮބީކުރުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާ ސުވާލު ކުރައްވާފަ އެވެ.
އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންވެސްޓްމެންޓް ފޯރަމްގެ ތެރެއިން ކުރެވުނު މި ސުވާލަށް ޖަވާބު ދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ ދެފުށް ފެންނަ ގޮތަށް އަދި ރައްޔިތުންނަށް ސާފުވާ ގޮތަށް އެފަދަ މަޝްރޫއެއް އައްޑޫއަށް ގެންނަ ނަމަ އެކަމަށް ކައުންސިލުން ހުރަހެއް ނާޅާނެ ކަމަށެވެ.
ރަސްމާލޭގައި ޓޫރިޒަމާއި ރިއަލް އެސްޓޭޓް ވިޔަފާރި ހިމެނޭހެން 500 ހެކްޓަރުގެ ބިމެއްގައި ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ބޭރު މީހުންނަށް ރެސިޑެންސީ ދޫކުރާ ގޮތަށް ރާއްޖެ ހުޅުވާލުމަކީ މައްސަލައެއް ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އެ މަޝްރޫއު މާލެ ސަރަހައްދުގައި ހިންގުމާމެދު ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ އެއްބަސްވުން އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން އެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކަވަމުންދާއިރު، ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަސައްކަތްތައް ކުރިއަށްދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ހުޅުދޫ ކައުންސިލްގެ ރައީސަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ފާމަސީއެއް ހުސްކުރަން އަމުރު ނުދިން މައްސަލަ ބޭރުކޮށްލައިފި
އިމާރާތްތަކުގައި ހުޅުޖަހަން ގޮވައިލުމުން ހައްޔަރުކޮށްފި

އަވަހަށް ބަދަލުކޮށްލާ އައްޑޫ އެންމެން ގެނެސް ރަސްމާލެ ވަގުތީ ހިޔާތަކަށް އަޅާލާ އަދި ޗައިނާ އިން ލޯން ނަގައިގެން ފްލެޓްސް ތައް ބިނާ ކޮށް އެމެންނަށް ފްލެޓްސް ތައް ކުއްޔަށް ދޭން އުޅޭށޭ އައްޑޫ ފަޅުކުރުމުގެ ޕްރޮގްރާމް ލާރޖްސްކޭލް ގައި ޖައްސާ 2 އަހަރު ތެރޭ ފަޅު ތަނަކަށް އައްޑޫ ހަދާށޭ ޖައްސާ ޖައްސާ ޖައްސާ ލާރޖް ކޮށް ޖައްސާ އަވަހިއްޔާ އަވަހޭ އަވަސްކުރޭ އަވަސްކުރޭ އަވަސްކުރޭ އަވަސްކުރޭ އަވަސްކުރޭ