ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ދިޕިކާ ޕަދުކޯންއާއި ރަންވީރު ސިންގްގެ ދެވަނަ އަންހެން ދަރިފުޅުގެ ނަން ރަސްމީކޮށް އާންމު ކޮށްފި އެވެ.
މީގެ ދެ ދުވަހެއް ކުރިން އެ ދެމަފިރިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެމީހުންގެ އާ އާއިލީ ފޮޓޯއަކާއެކު ދަރިފުޅުގެ ނަން ހާމަކޮށްފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ރަންވީރާއި ދީޕިކާއަށް ލިބުނު ދެވަނަ ދަރިފުޅު ވިހެއުމާއެކު އެ ކުއްޖާގެ ފައިތިލައިގެ ނިޝާނެއް ހިމެނޭ ފޮޓޯއަކާއެކު ދަރިފުޅު ލިބުނުކަން އާންމުންނާ ހިއްސާކުރި ނަމަވެސް، އޭރު ނަން ހާމަ ކޮށްފައެއް ނުވެ އެވެ.
މިފަހަރު އާންމުކުރި އާއިލީ ފޮޓޯއާއެކު އެމީހުން ހާމަ ކޮށްފައިވާ ގޮތުގައި، ދެވަނަ އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ ދޭވީ ޕަދުކޯން ސިންގް އެވެ. މި ފޮޓޯގައި ދިޕިކާއާއި ރަންވީރުގެ ފުރަތަމަ ދަރިފުޅު ދުއާ ޕަދުކޯން ސިންގް ވެސް ފެންނަން ހުއްޓެވެ.
ދިޕިކާއާއި ރަންވީރަށް ފުރަތަމަ ދަރިފުޅު ދުއާ ލިބިފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އެ ކުއްޖާގެ ނަންވެސް އާއްމު ކޮށްފައިވަނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ދިވާލީއާ ދިމާކޮށެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކައިވެނިކުރި މި މަޝްހޫރު ޖޯޑަކީ "ރާމް ލީލާ"، "ބާޖިރާއޯ މަސްތާނީ" އަދި "ޕަދްމާވަތު" ފަދަ ކާމިޔާބު ފިލްމުތަކަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދެތަރިންނެވެ.
ޔުކްރޭނާއެކު މަޝްވަރާ ފެށުމަށް ޕުޓިން އެއްބަސްވެވަޑައިގެންފި
ގްރޫޕަކުން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ވައިގަދަވެ ބޯކޮށް ވާރޭވެހޭނެތީ ކ އަތޮޅުން ލ އަށް ރީނދޫ އެލާޓް