އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް އޮފް ވޭލްސް، ޕްރިންސް ވިލިއަމް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "ކަބީ ޚުޝީ ކަބީ ގަމް ބައްލަވާނެ ކަމަށް ވައުދުވެ ވަޑައިގެންފި އެވެ.
މިކަން ހާމަ ވެފައިވަނީ ތިމާވެއްށީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ "އާތުޝޮޓް ޕްރައިޒް" ހަރަކާތުގެ ތެރެއިން ލަންޑަނުގައި ކަރަންއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ދެއްވި އިންޓަވިއުއެއްގަ އެވެ.
އިންޓަވިއުގައި ވާހަކަ ދައްކަވަމުން ޕްރިންސް ވިލިއަމް ވަނީ ކަރަން ޖޯހަރަކީ "އައިކޮން" އެއްގެ ގޮތުގައި ސިފަ ކުރައްވައި އިންޑިއާގައި އާތުޝޮޓް ޕްރައިޒް ފުޅާ ކުރުމަށް އޭނާ ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
މި އިންޓަވިއުގެ ތެރެއިން ނޫސްވެރިޔާ ކަރަންގެ އެއްވެސް ފިލްމެއް ބެއްލެވިންތޯ ސުވާލު ކުރުމުން ޕްރިންސް ވިލިއަމް ވިދާޅުވީ، އަދި ކަރަންގެ ފިލްމެއް ބެއްލެވިފައި ނުވާ ކަމަށެވެ.
އެއާއެކު ނޫސްވެރިޔާ ވަނީ ބޮލީވުޑްގެ އެންމެ އާންމު އަދި މަގުބޫލު ކްލެސިކް ފިލްމު ކަމަށްވާ "ކަބީ ހުޝީ ކަބީ ގަމް" ބެއްލެވުމަށް ޕްރިންސް ވިލިއަމްގެ ކިބައިން އެދިފަ އެވެ.
އެ ހުށަހެޅުން ބަލައިގަންނަވަމުން ޕްރިންސް ވިލިއަމް ވަނީ އެ ފިލްމު ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން ދެން ކަރަންއާ ބައްދަލުވާ ފަހަރަކުން "ކޭ3ޖީ" ބައްލަވަން ނިންމެވި ވާހަކަ ވިދާޅުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
2001 ވަނަ އަހަރު ނުކުތް "ކަބީ ހުޝީ ކަބީ ގަމް" އަކީ އަމީތާބް ބައްޗަން، ޝާހްރުކް ޚާން، ކާޖޮލް، ރިތިކް ރޯޝަން އަދި ކަރީނާ ކަޕޫރު ފަދަ މަޝްހޫރު ތަރިން ހިމެނޭ، މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އާއިލީ ފިލްމެކެވެ.
ސައުދީ އަރާމްކޯއަށް ދިން ހަމަލާއެއްގައި 2 މީހުން މަރުވެއްޖެ
ކެންސަރު ފަރުވާގެ ނަތީޖާ އިންސާނާގެ މޫނުން ދެނެގަނެވިދާނެ؟
މަގާމުން ވަކިކުރަން ނިންމުމުން ގާޒީ އިހްސާން އިސްތިއުފާދެއްވައިފި