ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅުވައިގެން، 25 އޮކްޓޫބަރުން ފެށިގެން ބައިނަލްއަގުވާމީ 10 އެއާލައިނެއްގެ ޗެކްއިން ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަގްވާމީ ދަތުރުތަކަށް ހިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ހިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ގާއިމްކުރެވިގެންދާނެ އެވެ.
މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މުޅި ވިންޓާ ސީޒަނުގައި ޓާމިނަލް 2 އިން ޗެކްއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ އެއާލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ، ރަޝިޔާގެ އަޒުރް އެއާ، ސައިބީރިއާގެ އެސް ސެވަން އެއާލައިންސް، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއަރވޭސް، ބަލްގޭރިއާގެ ގުލިވް އެއާގެ އިތުރުން ފްރެންޗް ބީ އެވެ.
ކުރިން ބައިނަލްއަގްވާމީ އުދުހުންތަކަށް ހާއްސަކުރެވިފައި އޮތް ޓާމިނަލް 2ގެ ފެންވަރު މަތިކޮށް ޒަމާނީ ބަދަލުތަކަކާއެކު އަލުން 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ހިދުމަތް ދޭން ފަށާފައިވެ އެވެ. އެތެރޭގެ އުދުހުންތަކުގެ ހިދުމަތްތައް މިހާރު ފޯރުކޮށްދެވެމުން އަންނަނީ މި ޓާރމިނަލްއިންނެވެ. މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ފުރުސަތުތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދެއް ގާއިމުކުރެވިފައިވާނެ އެވެ.
25 އޮކްޓޯބަރ 2026 އިން ފެށިގެން މި 10 އެއާލައިނުން ފުރާ ދަތުރުވެރިން، ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ވަޑައިގަތުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގެންދެއްވުމަށް އެންމެހާ ފަސިންޖަރުންނަށް އެމްއޭސީއެލް އިން އިލްތިމާސްކުރެ އެވެ.
ހޮލީވުޑް ބޯލް: އަމާޒުވި ފާޑުކިޔުންތަކަށް މައިލީގެ ހޫނު ރައްދެއް!
ބްލޮކް ގްރާންޓުގެ 74 މިލިއަން ރުފިޔާ ސަރުކާރުން ކަނޑާލައިފި
ހިތުގެ ސިއްހަތަށް ގެއްލުންދޭ ދިރިއުޅުމުގެ "ރަނގަޅު" އާދަތަކެއް!
