ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމިޓީން ނިންމާފައިވަނިކޮށް އޭނާ މިއަދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީން ބުނީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައި އެކަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ 21 އޮކްޓޫބަރު އިން ފެށިގެން އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ.
އިހްސާން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ 12 އޮކްޓޫބަރު ގަ އެވެ.
ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ އިހްސާންގެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ 40 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގެ (ހ) އާއި (ށ) ގެ 1، 2، 3 އަދި 4 ވަނަ ނަންބަރާ ހިލާފު އަމަލެއް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ 32 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އޭނާ ސިވިލް ކޯޓުގެ ގާޒީކަމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.
އިޙްސާންގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް ހުރަސްނޭޅުމަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި 19 އޮގަސްޓް އިން ފެށިގެން 60 ދުވަހުގެ މުއްދަތަށް ޖޭއެސްސީން އޭނާ ސަސްޕެންޑް ކުރި އެވެ.
މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެ، ސިފައިން ނުކުމެއްޖެ
ފެންބޮޑުވާނެކަމަށް ލަފާކޮށް ކ އިން ވ އަތޮޅަށް އޮރެންޖް އެލާޓް
ދިރާގު ޓިކްޓޮކް ގިވްއަވޭ: އައިފޯން 18 ޕްރޯ މެކްސްއެއް
