ކުއެންޓިން ޓެރަންޓީނޯގެ އެންމެ މަގުބޫލު އެއް ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް"ގައި ބްރެޑް ޕިޓް ކުޅެދިން މަޝްހޫރު ކެރެކްޓަރު "ކްލިފް ބޫތު" މައިގަނޑު ރޯލުން ފެނިގެންދާ އާ ފިލްމު "ދަ ފާދާ މިސް-އެޑްވެންޗާސް އޮފް ކްލިފް ބޫތު"ގެ އާ ޓީޒާއެއް ނެރެފި އެވެ.
އެ ޓީޒާގައި ބްރެޑްގެ މުޅިން ތަފާތު އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު މިއީ އެ ފިލްމުގެ އެންމެ ހާއްސަ އެއް ސިފައަށް ވާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ފިންޗާ ޑައިރެކްޓްކޮށް، ކުއެންޓިން ޓެރަންޓީނޯ ލިޔެފައިވާ ސްކްރިޕްޓަކަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
ފުރަތަމަ ފިލްމުގެ ހާދިސާތަކަށްފަހު، 1977 ވަނަ އަހަރުގެ ލޮސް އެންޖެލެސްގެ މާހައުލުގައި ހިނގާ މި ވާހަކައިން ބްރެޑް ޕިޓް ފެނިގެންދާނީ ހޮލީވުޑްގެ 'ފިކްސަރެއް'ގެ ގޮތުގައެވެ.
ފިލްމާ ގުޅޭގޮތުން ޑޭވިޑް ބުނީ ޓެރަންޓީނޯ ލިޔުނު ފުރަތަމަ ސްކްރިޕްޓް ވަރަށް ދިގު ކަމަށާއި އެހެން ކަމުން ސްކްރިޕްޓުން ގާތގަނޑަކަށް 60 އަކަށް ސަފުހާ އުނި ކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ފިލްމު ފަދައިން މިއީ ހަމައެކަނި މަޑުމައިތިރި ސްޓައިލެއްގެ ފިލްމެއް ނޫން ކަމަށާއި، މިއީ ކްރައިމް ތްރިލާރެއްގެ ރަހަތައް ގެނެސްދޭނެ ފިލްމެއް ކަމަށް ވެސް ޑޭވިޑް ފާހަގަކުރި އެވެ.
މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭގެފަހުން، ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ނެޓްފްލިކްސްގައި ވެސް ރިލީޒް ކުރެވޭނެ އެވެ.
އުމުރުން 52 އަހަރުގައި ކަރިސްމާގެ ޒުވާންކަމުގެ ސިއްރަކީ ކޮބާ؟
ހަނީމޫނަށް މަންޒިލެއް ހިޔާރު ކުރުމުގައި ބަލަންވީ ކޮން ކަމަކަށް؟
450 އެޕިސޯޑަށްފަހު "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" ނިންމާލައިފި