ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި ވިލިމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި އެވެ.
އެ ހޮސްޕިޓަލް އިމާރާތްކުރަން ނިންމާފައި ވަނީ މިހާރު ހުރި ވިލިމާލެ ހޮސްޕިޓަލް ތަޅާލުމަށްފަހު އެތަނުގަ އެވެ.
އެ ހޮސްޕިޓަލުގެ ހިދުމަތްތައް އަމާން ހިޔާގެ އިމާރާތަށް ބަދަލުކުރީ އެ ތަނަށް ބޭނުންވާ ބައެއް މަރާމާތުތަކާއި ބަދަލުތައް ގެނެސް، ޚިދުމަތް ދިނުމަށް އެކަށީގެންވާ ގޮތަށް ތައްޔާރުކުރުމަށް ފަހުގަ އެވެ.
ވިލިމާލޭގައި އިމާރާތްކުރަން ނިންމާފައި ވަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
މިއަދު ޑޮލަރުގެ އަގު ހުރީ 23.55ރ. އަށް: މަޖިލީހުގެ ނައިބު ރައީސް
އިޒްރޭލުގެ އެޖެންޓުންނަށް ރާއްޖޭގެ ބިން ދީގެން ނުވާނެ: ހުސެންބެ
