ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސޯނާކްޝީ ސިންހާއާއި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ތޫ ހޭ މޭރީ ކިރަން" ރޭފައިވާ ގޮތުގެ މަތިން މިއަދު ސިނަމާތަކަށް ނެރުމަށް ތައްޔާރުވެއްޖެ އެވެ.
މި ފިލްމުގެ މާލީ މައްސަލައަކާ ގުޅިގެން މީގެ ކުރިން އުފެދުނު ހިޔާލު ތަފާތުވުންތައް އެތެރޭގެ މަޝްވަރާތަކުން ހައްލު ކޮށްފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މި ހަފްތާގެ ކުރީކޮޅު ބޮމްބޭ ހައިކޯޓުން މި ފިލްމު ސިނަމާތަކުގައި އެޅުވުން ހުއްޓުވުމަށް އަމުރެއް ނެރުމާ ގުޅިގެން، ފިލްމު ރިލީޒް ކުރުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ކޯ-ޕްރޮޑިއުސަރަކު ހުށަހެޅި މާލީ މައްސަލައަކާ ގުޅިގެން ކޯޓުން މި އަމުރު ނެރުނު ނަމަވެސް، ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ވިޝާލް ރާނާ އަދި ސަރުވޭޝް ގޮއެލް ވިދާޅުވެފައިވާ ގޮތުގައި މައްސަލަ މިހާރު ވަނީ ހައްލުވެފަ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ވިޝާލް ރާނާ ބުނީ ހައްލު ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން އެކަންކަން އެތެރޭގެ މަޝްވަރާތަކުން ކާމިޔާބު ކަމާއެކު ހައްލު ކުރެވިފައިވާ ކަމަށާއި ރޭވިފައިވާ ގޮތަށް ފިލްމު ސިނަމާތަކަށް ނުކުންނާނެ ކަމަށެވެ.
ކަރަން ރާވަލް ޑައިރެކްޓްކޮށް ލިޔެފައިވާ މި ފިލްމަކީ ލޯތްބާއި، ކަރާމާތާއި، އަދި ސަސްޕެންސް އެކުލެވިގެންވާ ތަފާތު ފިލްމެކެވެ. މި ފިލްމުގައި ސޯނާކްޝީއާއި ޒަހީރުގެ އިތުރުން އަންކިތު ގުޕްތާ، ޝަރްލިން ސެތު، ޒަރީނާ ވައްހާބު ފަދަ ތަރިން ފެންނާނެ އެވެ.
ރިޝްމީ އާއި މިހުސޯ ކައިވެނިކޮށްފި
މޭޒުދޮށު ވަޒީފާތަކުން ބުރަކަށީގެ ރިހުމަށް މަގުފަހިވޭ، ކީއްވެ؟