ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނަންޔާ ޕާންޑޭ އަކްޝޭ ކުމާރާއި ޓްވިންކަލް ޚާނާގެ ދަރިފުޅު އާރަވް ބާޓިއާއާއެކު ލަންޑަނުގައި ނަގާފައިވާ ފޮޓޯތަކަކާއެކު އެ ދެމީހުންގެ ލޯބީގެ އަޑުތައް ގަދަވެއްޖެ އެވެ.
އަނަންޔާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި މި ފޮޓޯއަކީ އެމީހުންނާއެކު އުޅުނު އެކުވެރިންތަކެއް ނަގާފައިވާ ފޮޓޯ އެކެވެ. މި ފޮޓޯގައި އަނަންޔާއާއި އާރަވް އެކުގައި ތިބެ "ހޯމް މޭޑް ފުޑް" ދައްކާލަމުން ހިނިތުންވާ މަންޒަރު ފެނެ އެވެ.
ބޮލީވުޑްގެ ނުފޫޒުގަދަ އަދި މަޝްހޫރު އާއިލާއަކަށް އުފަންވި ނަމަވެސް، އާރަވް ބާޓިއާ އާންމުކޮށް މީޑިއާގެ ސަމާލުކަމުން ދުރުގައި ހުރުމަށް ލޯބިކުރެ އެވެ. އެހެންކަމުން، އޭނާގެ މިފަދަ ފޮޓޯއެއް އާންމުވުމަކީ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ.
ފޮޓޯއިން ފެންނަ ގޮތުގައި، އާރަވް ހުރީ އަޅި ކުލައިގެ ކާޑިގަންއަކާ އެކު ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ. އޭނާގެ އަތުގައި މަފިންސް ފަދަ އެއްޗެހި އަޅާފައިވާ ކުދި ފޮށިގަނޑެއް އޮތެވެ. އަނަންޔާ އިނީ ވަރަށް އާދައިގެ ހެދުމެއްގަ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަނާންޔާ އެންމެ ފަހުން ފެނިގެންދިޔައީ ކާރްތިކް އާރްޔަންއާއެކު ފެނުނު ފިލްމަކުންނެވެ. އެއާއެކު އޭނާގެ މަޝްހޫރު ސީރީޒް "ކޯލް މީ ބޭ"ގެ ދެވަނަ ސީޒަން ވެސް ވަނީ ތައްޔާރުވެފަ އެވެ.
އެއާއެކު އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން އެވޯޑް ޝޯވްތައް ހުށަހެޅުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަން ފާހަގަ ކޮށްލެވެ އެވެ.
"އިންޑިއާއާއި ޕާކިސްތާނުގެ މައްސަލަ ތެރެއަށް ރާއްޖެ ވައްދައިފި"
އިންޒާރު: ހޫނުކޮށް ސައި ބުއިމަކީ ކެންސަރަށް މަގުފަހިވާ ކަމެއް!
އައިޝާގެ ކޭކުތައް ބޭރުގެ ގައުމުތަކުން ޖާގަ ދީފި!