ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އަސާސީ ބޭސް ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން، ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް އަގުހުރި ބޭހުގެ ޝިޕްމެންޓެއް ހަދިޔާކޮށްފި އެވެ. މި އެހީގެ އަގު ފަސް މިލިއަން ލަންކާ ރުޕީސްއަށް ވުރެ މަތިވާއިރު، އެއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 250،000 (ދެ ލައްކަ ފަންސާސް ހާސް) އަށް ވުރެ ގިނަ ރުފިޔާ އެވެ.
މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ސްރީ ލަންކާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް މާސް މީޑިއާގަ އެވެ. މި އެހީއަކީ ރާއްޖޭގެ ހެލްތު މިނިސްޓަރު ގީލާ އަލީ އެދިވަޑައިގެންނެވި އެދިވަޑައިގަތުމަކަށް ލަންކާ ސަރުކާރުން ފޯރުކޮށްދިން އެހީއެކެވެ.
ލަންކާ ސަރުކާރުގެ ފަރާތުން މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ގައުމުގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދާ ޖަޔަތިއްސާ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ބޭހުގެ ޝިޕްމެންޓާ ހަވާލުވެވަޑައިގަތީ ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ލަންކާ ސަރުކާރުގެ އިތުރުން އެ ގައުމުގެ މެޑިކަލް ސަޕްލަޔާސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަން (އެސްޕީއެމްސީ) އަދި ޗޭމްބާ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރު މަސްއޫދު އިމާދު ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް އިހްލާސްތެރި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އަހުވަންތަ އަދި ގާތް ގުޅުން އޭނާ ފާހަގަކުރެއްވި އެވެ.
އާރަވްއާއި އަނަންޔާގެ އާ ފޮޓޯތަކާއެކު ލޯބީގެ އަޑުތައް ގަދަވެއްޖެ
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި
"ލިޒާޑް މިއުޒިކް"ގައި ދަ ރޮކް: ވަކި ކުރަން ވެސް ނޭނގޭ!