އެޕަލްގެ އާ، 2000 ޑޮލަރުގެ 'އައިފޯން ޑުއޯ' އަށް ތައުރީފު އޮހެމުންދާއިރު، ބައެއް ކަސްޓަމަރުން ފޯނުގެ ސްކްރީން ފަޅައިގެންދާ މައްސަލާގައި ޝަކުވާ ކުރަން ފަށައިފި އެވެ.
އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނުގެ ފަރުމާކުރުމާއި، ސްކްރީން ފަތްޖަހާލާ ތަން ނުފެންނަހާ އޮމާންކޮށް ހުރުމުން އެކަމަށް ތައުރީފު ލިބުނު ނަމަވެސް، އޭގެ ބަރުދަނާއި، ކެމެރާގެ ފެންވަރާއި، އަދި ބައެއް އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން، މިއީ އާންމު ކަސްޓަމަރުންނަށް 1،999 ޑޮލަރު ހޭދަކޮށްފައި ގަންނަން އެހާ ރަނގަޅު އެއްޗެއް ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
މީގެ އިތުރުން، މި އަގުބޮޑު ފޯނުގެ ސްކްރީން ފަޅައިގެންދާ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
އަންނަ ހުކުރު ދުވަހު އައިފޯން ޑުއޯ ބާޒާރަށް ނެރެން ތައްޔާރުވަމުންދާއިރު، 'އެންގެޖެޓް' އިން ވަނީ މި ފޯނަށް 10 އަކުން 8.8 ގެ މާކްސްއެއް ދީފަ އެވެ. އަދި 'ދަ ވާޖް' އާއި 'ވަޔާޑް' އިން ވަނީ 10 އަކުން 7 ގެ މާކްސްއެއް ދީފަ އެވެ. އެންގެޖެޓް އިން ބުނި ގޮތުގައި އެޕަލްގެ މި އުފެއްދުމަކީ އިންތިޒާރު ކުރަން ޖެހުނު ނަމަވެސް، އޭގެ ނަތީޖާ ރަނގަޅު އުފެއްދުމެކެވެ. ނަމަވެސް ދަ ވާޖް އިން ސިފަކުރި ގޮތުގައި މިއީ އަގުބޮޑު، އެހެނަސް ބޭނުންކޮށްލަން މަޖާ އެއްޗެކެވެ.
މި ފޯނު ހުޅުވާލުމުން ފެންނަ 7.6 އިންޗީގެ މެޓް ސްކްރީނުގެ ސަބަބުން އަލި އެޅިގެން ފެންނަ އުނދަގޫތައް ކުޑަކޮށްދެ އެވެ. އަދި އޭގެ ހުޅު ހަރަކާތް ކުރަނީ ވަރަށް އޮމާންކޮށެވެ.
އެހެންނަމަވެސް، ރެޑިޓްގައި ބައެއް ފަރާތްތަކުން ވަނީ ފޯނާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަކު ބުނި ގޮތުގައި ފޯނު ގަތްތާ 6 ގަޑިއިރު ނުވަނީސް ސްކްރީން ވަނީ ފަޅައިގެން ގޮސްފަ އެވެ. އޭނާ ބުނި ގޮތުގައި ރައްޓެއްސަކަށް ފޯނު ދައްކާލަން ހުޅުވާލި ވަގުތު، ހުޅާ ދިމާލުން ސްކްރީންގެ އަޑިން ކަމެއް ފާހަގަވެ، އިރުކޮޅަކުން އަޑަކާއެކު ސްކްރީން މެދުން ފަޅައިގެން ދިޔައީ އެވެ. އެޕަލް ސްޓޯރަށް ދިއުމުން އެ ތަނުން ވަނީ އޭނާއަށް އާ ފޯނެއް ދީފަ އެވެ.
މީގެ އިތުރުން ވެސް، އެހެން ބައެއް މީހުން ވަނީ ހަމަ އެއް ދިމާލަކުން ސްކްރީން ފަޅައިގެން ގޮސްފައިވާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ފޯނުގެ ބަރުދަނާއި ބޯމިނަކީ ވެސް ގިނަ ބައެއްގެ ޝަކުވާއެކެވެ. ފަތްޖަހާލާފައި އޮންނައިރު 11.3 މިލިމީޓަރުގެ ބޯމިން ހުންނަ މި ފޯނަކީ އާންމު ފޯނުތަކަށް ވުރެ ބަރު އެއްޗެކެވެ. އަދި ބޭރުގައި އިންނަ 5.4 އިންޗީގެ ކުޑަ ސްކްރީނުގެ ސަބަބުން ބައެއް އެޕްލިކޭޝަންތައް ބޭނުންކުރަން އުނދަގޫވާ ކަމަށް ފާހަގަކުރެވުނެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި މިއީ އައިފޯނަކަށް ވުރެ ބޮޑު، ނަމަވެސް އައިޕެޑަކަށް ވުރެ ކުޑަ އުފެއްދުމެކެވެ. ހާއްސަކޮށް އެއްފަހަރާ ގިނަ މަސައްކަތްތައް ކުރުމަށް އައިޕެޑާ އެއްވަރުގެ ފަސޭހައެއް މި ފޯނަކުން ނުލިބެ އެވެ.
ސޮފްޓްވެއާގެ މައްސަލަތަކަށް ބަލާއިރު، އެޕަލްގެ އަމިއްލަ އެޕްތައް ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް، އާންމުކޮށް ބޭނުންކުރާ އެހެން ގިނަ އެޕްތައް މި ފޯނުގެ ބޮޑު ސްކްރީނަށް އެކަށީގެންވާ ގޮތަކަށް އަދި ފަރުމާކުރެވިފައެއް ނުވެ އެވެ.
ކެމެރާއަށް ބަލާއިރު، މިއީ އެޕަލްގެ އެންމެ އަގުބޮޑު ފޯނަށް ވީ ނަމަވެސް، މީގައި ހުރީ އެންމެ ފެންވަރު ރަނގަޅު ކެމެރާ ސިސްޓަމެއް ނޫނެވެ. އައިފޯން 18 ޕްރޯގެ ކެމެރާ މިއަށް ވުރެ މާ ފުރިހަމަ ކަމަށް ގިނަ މީހުން ފާހަގަކުރެ އެވެ.
ބެޓެރީގެ ގޮތުން ބަލާއިރު، ސެމްސަންގްގެ ފަތްޖަހާލާ ފޯނަށް ވުރެ މި ފޯނު ކުރި ހޯދި ނަމަވެސް، އައިފޯން 18 ޕްރޯ މެކްސްއާ ގާތަށް ވެސް ބެޓެރީ ނުހިފަހައްޓަ އެވެ.
ޖުމްލަކޮށް ބަލާއިރު، 'ޓޮމްސްގައިޑް' އިން ބުނި ގޮތުގައި މިއީ މިހާތަނަށް ފަރުމާކުރި އެންމެ ރީތި ފަތްޖަހާލާ ފޯނެވެ.
ވަޅުތަކަށް ފެން އަރާތީ ހުޅުމާލެ ސަހަރާގައި ވަޅުލުން ހުއްޓާލައިފި
ޒުވާންކޮށް ދިނުމުގައި ގަހުގެ ބޮޑު ރޯލެއްވޭ؟
ޓޮމް ކްރޫޒްއަށް އޭއެފްއައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެނީ!