ރާއްޖެ އެތެރެވިއިރު، ދޫކުރާގޮތަށް ކުރިން ހިފެހެއްޓި ސިނގިރޭޓްތައް ނުދޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކަސްޓަމްސް އިން ވަނީ ރާއްޖެއިން ބޭރުން އަންނައިރު، ސިނގިރޭޓް ކާޓޫންތައް ގެނަޔަސް ނުހިފަހައްޓާގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.
އެ އުސޫލަށް އަމަލުކުރަން ފެށިޔަސް އެ އުސޫލުގެ ކުރިން ހިފަހައްޓާފައިވާ ސިނގިރޭޓްތައް ދޫނުކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ކުރިން އެ ސިނގިރޭޓްތައް ހިފެހެއްޓީ ވެސް ފަހުން ހަވާލުކުރާނެކަން އެންގުމަށްފަހު އެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން ކަސްޓަމްސް އިން ބުނީ ކުރިން ހިފަހައްޓާފައިވާ ސިނގިރޭޓްތައް ދޫކުރުމުގެ އުސޫލެއް ނޯންނަ ކަމަށެވެ.
ރާއްޖެއިން އަންނަ ދިވެހީންގެ އަތުން ސިނގިރޭޓް ކާޓޫންތައް އަތުލާއިރު، ޓޫރިސްޓުގެ އަތުން އަތުނުލާތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރުމުން ދިވެހީންނަށް ވެސް އެކަން ވަނީ ހުއްދަކޮށްފަ އެވެ. ނަމަވެސް ކުރިން އަތުލި ސިނގިރޭޓްތައް ކަސްޓަމްސް އިން ނުދޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ގާނޫނާ ހިލާފު ވެއްޖެނަމަ އެއްވުން ހުއްޓުވާނަން: ފުލުހުން
މިސްކިތުގައި ބަރަހަނާވި މީހާ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި
