ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް ދޯން އަރައި، އެ ދޯނިން ދަތުރުކުރި ފަޅުވެރިޔަކަށް އަނިޔާވެއްޖެ އެވެ.
"ކީސާ" ނަމަކަށް ކިޔާ އެ ދޯނި ރަސްމާލޭގެ ފަރަށް އެރީ ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެ ދޯނިން ދިވެއްސަކާއި ތިން ބިދޭސީއެއް ދަތުރުކުރި އެވެ. އޭގެ ތެރެއިން ބިދޭސީއެއްގެ ވައަތު ފަޔަށް އަނިޔާވުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާ ހިނގިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ރޭ 11:51 ގައި ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސްފަ އެވެ.
މިގޮތުން 2:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި، ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު ހާބާކްރާފްޓަށް ނަގާފަ އެވެ.
އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، ހުރިހާ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފަ އެވެ.
ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުމުގައި ރައީސް ޔާމީން ބައިވެރިވަނީ
މިއަދު ޑޮލަރުގެ އަގު ހުރީ 23.55ރ. އަށް: މަޖިލީހުގެ ނައިބު ރައީސް
ނަޖީބްގެ ގޭބަންދާއެކު ލޯކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި
