ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދާއި އިތުރު ބަޔަކު މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.8 ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މި ހުކުމް ކުރީ އެމްއައިބީން ދޫކުރި 500,000 އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކަށް ފައިސާ ނުދެއްކުމުން ބޭންކުން ހުށަހެޅި މައްސަލައެއްގަ އެވެ. މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ ކަމާގުޅޭ ދެ ކުންފުންޏަކާއި، އެ ފެސިލިޓީއަށް ޒިންމާވާ ހަތަރު ފަރާތެއްގެ މައްޗަށެވެ.
އެ ބޭފުޅުންގެ ތެރޭގައި ގެމަނަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.
ކޯޓުގެ ހުކުމުގައިވަނީ ދައްކަންޖެހި ނުދައްކައިވާ 244,826.52 އެމެރިކާ ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 އެމެރިކާ ޑޮލަރާއެކު ޖުމްލަ 281,474.28 ޑޮލަރު ކަނޑައެޅިފައިވާ މުއްދަތުގައި ބޭންކަށް ދެއްކުމަށެވެ. އަދި މި ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެންމެން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާއެއްގޮތަށް ދަރަނި އަދާނުކޮށްފިނަމަ މަޖިލިސް މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފަ އެވެ.
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ޝަމްހީދު ގެންދަވަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވެސް ހުކުމާއެއްގޮތަށް ފައިސާ ނުދެއްކުމުން ވަނީ ގޮނޑި ގެއްލިފަ އެވެ.
ރަސްމާލެ މަޝްރޫއާ މެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކެއް
އިޒްރޭލުގެ އެޖެންޓުންނަށް ރާއްޖޭގެ ބިން ދީގެން ނުވާނެ: ހުސެންބެ
ރައީސަށް ލަފާ ދޭން ހާއްސަ މަޖިލީސް އެކުލަވާލައްވައިފި
