ކުރިއަށް އޮތް ހަފުތާ ބަންދުގައި ދެކުނާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސް ވާނޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދެކުނާއި މެދުރާއްޖެގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމާއި ވައި ގަދަ ވާނެ ކަމަށެވެ. އަދި މެދުރާއްޖެ ތެރެއަށް 5- 15 މޭލާއި ދެމެދު ވައި ޖެހޭނެ ކަމާއި ދެކުނުގެ ރަށްތަކަށް 8-18 މޭލާއި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އޭގެ އިތުރުން ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ލަފާ ކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެން ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ކަނޑުގަތައް ގަދަވާނެ ކަމަށެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ އުތުރުގެ އަތޮޅުތަކުގައި ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގަ އެވެ. އަދި މެދު ރާއްޖެތެރެ އާއި ދެކުނުގެ ހިސާބުތަކުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދުގަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެމަށް ފަހު ނޫނީ ދަތުރު ނުކުރުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުުން މުހިންމެވެ.
ފިކުރުބޮޑުވުމާއި ރާއްޖެބަލީގައި ބޮޑުވަރުވުމާ ގުޅުންވޭ: ދިރާސާ
ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުމުގައި ރައީސް ޔާމީން ބައިވެރިވަނީ
ރަސްމާލެ މަޝްރޫއާ މެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކެއް