މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.
ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމުގައި ގާނޫނުލް އުގޫބާތުގައި ކަނޑައަޅަން އެދިފަ އެވެ.
އެ އިސްލާހުގައިވާގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދި އެންމެ ދަށް މިންގަނޑުން ނަމަ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ބިލްގައި ބުނާގޮތުން އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ.
ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެއްގެ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށްލުމެވެ. އަދި އަސާސީ މިންގަނޑުން ނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މިފަދަ އިސްލާހެއް ހުށަހަޅާފައި ވަނީ އެމްޑީޕީގެ ބައެއް އިސްބޭފުޅުންނާ ދިމާލަށް ލާދީނީއޭ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކިޔަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ.
މުސްލިމު އަންހެނުން އޮރިޔާން ނިވާކުރާނެ ކާފަރުން އޮރިޔާން ނިވާ ނުކުރާނެ ކާފަރުން މުސްލިމުންނަށް ކިޔަނީ ހަރުކަށި ފިކުރު
އޮރިޔާން ނިވާ ނުކޮށްހުރި މީހަކާ ދިމާއަށް ލާދީނީ މީހެކޭ ބުނަން ހެޔޮވާނެހެއްޔެވެ.؟
ހިސާނު ކަހަލަ އޮރިޔާމުންހުރި މީހަކާ ދިމާލަށް ލާދީނީ ކިޔަން ހެޔޮވާނެ ހެއްޔެވެ. އަންނި ލާދީނީ ވާހަކަ ދެއްކިޔަސް އޭނާއާ ދިމާއަށް ލާދީނީ ކިޔަން ހެޔޮވާނެ ހެއްޔެވެ.
ވައްކަން ކުރުން، ޒިނޭ ކުރުން، މުރުތައްދުވުން، މަސްތުވުން، ޤަަަަަޛްފުކުރުން، މަގުފޭރުން، ބަޣާވާތް ކުރުން މިކަން ތަކައްވެސް އިސްލާމް ދީނުގާ ކަނޑަ އަޅާ ފައިވާ އަދަބުތައް ދިނުމައް ބިލެއް ފާސްކުރުން ވެސް ވ ރަނގަޅު ވާނެ ކަމައް ފެނޭ
ހިސާނު ކޮއްމެފަދަ ބިލެއްހުށަހެޅިޔަސް މުސްލިމަކު ރަލެށް ނުބޯނެ. މުސލިމަކު ކީރިތި ގުރުއާން މިތަނަކު ނުކިވޭނޭނުބުނެވޭނެ. މުސްލިމަކު ކީރިތި ރަސޫލާއަށް ފުރަށްސާރަ ހިތަށް އެރިހާއެއްޗެ ރަސޫލާޔަށް ނިސްބައް ނުކިޔާނެ މިފަދުގެ ކަންތަށހިސާނުކުރިޔަސް މުސްލިމު މީހާބުނާނީ ތީކާފިރެކޭ އެން ޑީޕީ ވީމަ އިސްލާމް ދީނަށާއި ރަސޫލާގެ ސުންނަތަށް ކީރިތި ޤުރުއާނަކަށް ގޮންނުޖެހޭނެ.
މުސްލިމެއް ނޫންވީމާ ކާފަރެކޭ ބުނަނީ. ވަރަށް ސަލާމް.
މުސްލިމަކު ދިިީނަާހިލާފު ފުށުއަރާވާހަކަދެއްކުންވެސް ގާނޫނަކުން މަނާކުރަންޖެހޭ.