ކޮވިޑަށް ފަރުވާހޯދަމުން ދިޔަ އިތުރު ދެ މީހަކު މަރުވެ، މި ބަލީގައި މިއަދު މަރުވި މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.
މިއަދު އެންމެފަހުން މަރުވި ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ 42 އަހަރުގެ އަންހެނަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 83 އަހަރުގެ އަންހެނެކެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީން މިއަދު ވަނީ އިތުރު ހަތަރު މީހަކު މަރުވެފަ އެވެ. އެއީ އުމުރުން 62 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ. އަދި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 89 އަހަރުގެ ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ.
މީގެއިތުރުން ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 87 އަހަރުގެ ފިރިހެނަކު ވެސް ވަނީ މިއަދު މަރުވެފަ އެވެ.
ރާއްޖެއިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ މަހު އެކަނި ވެސް 85 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑްގައި މަރުވެފަ އެވެ. މިހާތަނަށް މުޅި ޖުމްލަ 169 މީހަކު މި ބަލީގައި ރާއްޖެއިން ވަނީ މަރުވެފަ އެވެ.
އަދަދު ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން
އީރާނުގެ ހާރިޖީ ވަޒީރު ރަޝިޔާއަށް ވަޑައިގަންނަވަނީ
