ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު މިނިސްޓަރު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން މަޖިލީހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.
ޒަމީލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަކަށެވެ. ރައްޔިތުންގެ މަޖިލީހުން އެފަދައިން އެދި ސިޓީއެއް ފޮނުވާފައިވާކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން އެދެން ރައީސް ނަޝީދު އެންގެވީ ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަކީ ސިފައިންގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާންކޮށް ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި އޭނާ ސޮއިކުރައްވާފައިވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގަމުން އަންނަ އިންކުއަރީއަށް 40 ވަރަކަށް ސިފައިން ހާޒިރުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިތުބާރު ހުރި މަސްދަރަކުން "ހުރިހާ" އަށް އެނގިފައިވާ ގޮތުގައި 40 ވަރަކަށް ސިފައިން ހާޒިރުކޮށް އެކި އެކި ސުވާލު އެމީހުންނާ ކުރަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމްއެންޑީއެފް އިން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.
އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ވަނީ ވަކި ވަކި ސިފައިންގެ ބަދަލުގައި މަޖިލީހުގެ ކޮމިޓީއަށް ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަމަށެވެ.
އެމްއެންޑީއެފް އިން ބުނަނީ ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަކީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތައް އެ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް ނޫނީ ހާމަކޮށްގެން ނުވާނެ ކަމަށެވެ. އެ މާއްދާގައި ބުނެފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީސް ނުހިމެނެ އެވެ.
ކޭވްގައި ދެ މައިންގެ މަރުވީ އޮކްސިޖަން ނުލިބިގެން
ކްރޮއޭޝިއާގެ ޕްލިޓްވިސޭ ލޭކްސް ތަފާތުވަނީ ކިހިނެއް؟
"މޮބްލޭންޑް"އިން ޓޮމް ހާޑީ ބޭރު ކޮށްލީ ކީއްވެ؟
