ކާރޫބާރޫ ބޮޑު ހަލަބޮލި މާހައުލެއްގައި ދިރިއުޅުމަކީ އެކަމުގެ ސަބަބުން ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ތަރައްގީވެފައިވާ މާހައުލެއްގައި ދިރިއުޅުމަކީ އެންޒައިޓީ އާއި ސްޓްރެސްއަށް މަގުފަހިވާ ކަމެއް ކަމަށް ކުރިން ދެކެވިފައި އޮތް ނަމަވެސް އެފަދަ މާހައުލެއްގައި އުޅެންޖެހޭ ބުރަ ދިރިއުޅުމުގެ ސަބަބުން ލިބޭ އުފާވެރިކަން މާބޮޑު ކަމަށް އެންމެ ފަހުގެ ދިރާސާތަކުގައި ބުނެފައިވެ އެވެ.
ބުރަކޮށް އުޅެ ލިބޭ ކާމިޔާބީން ލިބޭ ހިތްހަމަ ޖެހުމާއި ދުވާލުގެ ގިނަ ވަގުތު ކޮންމެ ވެސް ކަމެއްގައި މަސްއޫލުވެ އުޅެން ޖެހުމުން ކުރެވޭ އިހްސާސްތަކަކީ އުފާވެރިކަމަށް ދިރިއުޅުމަކަށް މަގުފަހިކުރުވާ ކަންކަން ކަމަށް އެ ދިރާސާއިން ދައްކަ އެވެ.
މިއާއެކު މިފަދަ މާހައުލުތަކުގައި ދިރިއުޅުމަކީ ސިއްހީ ގޮތުން ވެސް ފައިދާތަކެއް ލިބޭ ކަމަށްވެ އެވެ. އެގޮތުން ބުރަ ދިރިއުޅުމުގެ ސަބަބުން ހެލިފެލިވެ އުޅުމަށް މަގުފަހިވެ ސިއްހީ ހޭލުންތެރިވުމަކީ މީގެ ތެރެއިން ބައެއް ކަންކަމެވެ.
ކާރޫބާރޫ ބޮޑު މާހައުލުތަކުގައި ދިރިއުޅުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކަމުނުދާ ކަމެކެވެ. ނަމަވެސް އެކަމުގައި ވެސް ފައިދާތަކެއް ވާކަން މި ދިރާސާއިން ދައްކަ އެވެ.
ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ކުރެވިދާނެ ދެތިން ކަމެއް!
ޕާޓީ ބައިބައި ނުވެ ކުރިއަށް ދިއުމަކީ މެމްބަރުންގެ އެދުން: ޝާހިދު
ރިޓަޔާ ކުރަން ފަރުހާދު ފިކުރީއަށް ރައީސް މުއިއްޒު އަންގަވައިފި