އިންޑިއާގެ ކުށުގެ ވެއްޓަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ސޮނީ އެންޓަޓެއިންމަންޓް އަދި ސްޓާ ބާރާތްއިން ގެނެސްދޭ ޓީވީ ޝޯތަކެއް ކަމަށްވާ "ކްރައިމް ޕެޓްރޯލް" އާއި "ސާވްދާން އިންޑިއާ"ގައި މަސަކަތްކުރި ބަތަލާއިންތަކެއް ވައްކަންކޮށްގެން ހައްޔަރުކޮށްފި އެވެ،

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގަައި ހައްޔަރުކުރި ދެ މީހުންނަކީ ސުރާބީ ސުރެންދުރަ ލާލު ސްރިވަސްތާވް، 25، އާއި މޮސީނާ މުޚްތާރު ޝައިހް، 19، ކަމަށެވެ.

މި ދެ މީހުންގެ ވައްކަމުގެ މައްސަލަ ފަޅާއެރީ މުމްބާއީގެ އަގު ބޮޑު ސަރަހައްދެއް ކަމަށްވާ ރޯޔަލް ޕާމް އޭރިއާގެ އާރޭ ކޮލޮނީގައި ރައްޓެއްސަކު ހިންގާ ފެސިލިޓީއަކަށް ޕޭ ގެސްޓުންގެ ގޮތުގައި ގޮސް، އެތަނުގައި ހުރި އެހެން އަންހެން ޕޭ ގެސްޓެއްގެ ލޮކަރުން 3.28 ލައްކަ ރުޕީސް ގެއްލިގެން އޭނާ އެކަން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކުރި ތަހުގީގުންނެވެ.

ސުރާބީ ސުރެންދުރަ ލާލު ސްރިވަސްތާވް، 25، އާއި މޮސީނާ މުޚްތާރު ޝައިހް، 19، ހަައްޔަރުގެން ދަނީ

މައްސަލަ އިތުރަށް ތަހުގީގުކުރި އިރު، އެ ދެ ފަންނާނުންގެ އަތުން ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާގެ ތެރެއިން 50،000 ރުޕީސް ވަނީ ފެނިފަ އެވެ. އަދި މި ދެ މީހުން ފުލުހުންނަށް ދިން ބަޔާންތަކުގައި ވައްކަންކުރި ކަމަށް އިއުތިރާފު ވެފައިވާ އިރު، ވަގަށް ފައިސާ ނަގައިގެން ދަނިކޮށް އެ މީހުންގެ ހަރަކާތްތައް ސީސީޓީވީ ކެމެރާއަށް ވެސް އަރާފައިވެ އެވެ.

މި މައްސަލާގައި ދެ މީހުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އެ މީހުން ބަންދު ބައިތިއްބަން ކޯޓުން މި މަހުގެ 23 އާ ހަމައަށް މުއްދަތު ޖަހައި ދީފައިވެ އެވެ.

މި ދެ ފަންނާނުންގެ މާލީ ހާލަތު ކޮވިޑް -19ގެ ސަބަބުން ޓީވީ ޝޯތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާތީ ރަނގަޅު ނޫންކަން ވަނީ އެނގިގެން ގޮސްފަ އެވެ.