ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ހުރަވީ ބިލްޑިން އަލުން މަރާމާތުކުރަން ނުވަތަ ތަޅާލަން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ބިލްޑިިންގައި ހުންނަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ސީލިންގުން ބައެއް މިއަދު ވެއްޓުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެތަން ހުރީ ވޭތުވެދިޔަ ދެ އަހަރު އެއްވެސް މަރާމާތެއް ނުކުރާތީ ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށެވެ.

"ރައްޔިތުންނާއި ތަކެއްޗަށް ބޮޑެތި ގެއްލުން ނުލިބެނީސް ރަނގަޅު ފެންވަރުގެ މަރާމާތެއް ނޫނީ މުޅި އިމާރާތް ހުސްކޮށްފައި ތަޅާލަން ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ހުރި އެންމެ ދުވަސްވީ އެއް އޮފީސް ބިލްޑިންގެ ތަންތަން ދޭތެރެ ދޭތެރެއިން ވެއްޓެ އެވެ. އަދި އެ އިމާރާތް ބާވަމުން ބައެއް އޮފީސްތައް އެހެން ތަންތަނަށް ބަދަލުވެފައިވެ އެވެ.