ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަންޖޭ ދަތާއި ޝާހުރުކް ޚާންއަކީ ހިންދީ ސިނަމާތަކުގައި ރަސްކަން ކުރަމުން އަންނަ ދެ ތަރިންނެވެ.
ސުޕަހިޓް އެތައް ފިލްމެއް ދޫކޮށްލާފައިވާ މި ދެތަރިން އެކުގައި އެއް ފިލްމަކުން ދެކެން ބޭނުންވާ މީހުން މަދެއް ނުވާނެ އެވެ. އެ މީހުންގެ އުއްމީދުތަކުގައި އަމަލީ ގޮތުން ކުލަ ޖެހެން އުޅޭކަމުގެ އިޝާރާތްތަށް މިހާރު ދަނީ ލިބެމުންނެވެ.
އިންޑިއާގައި ވާހަކަ ދައްކާ ގިނަ ބަސްތަކަކުން ހަދާ ފިލްމު "ރާކީ" ގައި ސަންޖޭއާއި ޝާހު އެއްކޮށް ފެންނާނެކަން މިހާރު މިވަނީ މީޑިއާ ރިޕޯޓްތަކުން ޔަގީންކޮށްދީފަ އެވެ. އަދި މި ފިލްމަށް ގިނަ ބަޔަކު މިހާރު މިވަނީ އިންތިޒާރު ވެސް ކުރަން ފަށައިފަ އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނަމަ މި ދެތަރިން ވަނީ މިހާރު ފިލްމުގެ ޝޫޓިންތައް ވެސް ފަށައިފަ އެވެ. ނަމަވެސް އަދި މި ފިލްމާ ގުޅޭ އެހެނިހެން މާ ބޮޑު މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ.
ޝާހްރުކް ޚާންގެ ކުރިޔަށް އޮތް ފިލްމު "ޕަޓާން"ގެ ޝޫޓިންތައް ވެސް ޝާހު މިހާރު ފަށައިގެން އުޅޭއިރު، ސަންޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކޭއެފްޖީ: ޗެޕްޓާ 2" އަދި "ޝަމްޝޭރާ" ހިމެނެ އެވެ.